މެދު ރާއްޖޭގެ ބައެއް ރަށްތަކުގެ ތެރެއިން ޅ. ހިންނަވަރާއި ދ. ކުޑަހުވަދޫ އަދި ނ. ހޮޅުދޫގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.
އާރުޑީސީން މިއަދު ބުނީ، މެދު ރާއްޖޭގެ ރަށްތަކުގެ ތެރެއިން ހިންނަވަރު ނޫރާނީ މަގުގައި ސީބީޖީ އެލަވޭޝަންގެ މަސައްކަތާއި ޕޭވް ކުރުމުގެ މަސައްކަތް އަދި ޓްރީ ފިޓް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މަދަރުސީ މަގުގައި ސްޓޯމް ވޯޓާ ކެޗްޕިޓް ކާސްޓް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ބުންޏެވެ.

ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ހުރަވީ މަގުގައި ސްޓޯމް ވޯޓާ ޕައިޕްލައިން އެޅުމާއި ސްޓޯމް ވޯޓާ ކެޗްޕިޓް އެޅުމުގެ މަސައްކަތާއި ސްޓޯމް ވޯޓާ ޖަންކްޝަން އަދި ޑީވޯޓާ ޖަންކްޝަން ފްރޭމް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އާރުޑީސީން ބުންޏެވެ.
އެ ކުންފުނިން ބުނީ، ހޮޅުދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެ ރަށު ޓިއުލިޕް ހިނގުމުގައި ކާބް ސްޓޯން ޖެހުމުގެ މަސައްކަތާއި މުހައްމަދު ރާޝިދު ހިނގުމުގައި ޖަންކްޝަން ރިންގް ކާސްޓް ކުރުމުގެ މަސައްކަތް އަދި ދުވާރުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.





ގުޅުންހުރި
ބެއިރޫތުގެ ދެކުނު ސަރަހައްދުތަކުން މީހުން ހުސްކުރުމަށް އަމުރުކޮށްފި
ޕީއެންސީން މި ނުކުތީ އައްޑޫގެ ރަސްކަމެއް ނިންމަން، މިފަހަރު ތަފާތު ފެންނާނެ:
އުނގޫފާރަށް އުނގުލު، ވަށަފަރަށް ކަނޑާލިފިނޮޅު
ފަރުހާދުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ސާބިތެއް ނުވޭ: އިހުސާން
އީރާންގެ ވަރުގަދަ އިންޒާރެއް އެމެރިކާއަށް: މަނަވަރު ފައްތާލިކަމުގެ ހިތި ނަތީޖާއާ ކުރިމަތިލާންޖެހޭނެ!
ޝީޝާ މަނާ ކުރުމާއެކު ހަކުރުން ޓެކްސް ނެގުމަށް މަޝްވަރާކުރަނީ