ގދ. ގައްދޫ އާއި އެ ރަށާ އެއް ފަޅެއްގައި އޮންނަ މާވަރުލު އެއާޕޯޓު އެއްގަމު މަގުން ގުޅާލަދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގައްދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މާވަރުލު އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަން ޖެހިފައިވާ ކަމަށެވެ. އެއީ ގައްދޫ އާއި އެ ސަރަހައްދުގެ ތަރައްގީއަށްވެސް ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.
”އެ އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކޮށްދީ، އަދި އެ އެއާޕޯޓާއި މި ރަށް (ގައްދޫ)އާ އެއްގަމުން ގުޅާލަދޭނެ ވާހަކަދަންނަވަން. އެކަން ކުރުމަށްޓަކައި ބަޖެޓުން ޖާގަ ހޯދަން ޖެހޭތީ ވަގުތުކޮޅެއް ނަގާފާނެ،.. (ގައްދޫ) ބިން ހިއްކުން މިއަންނަ އަހަރަށް، އެއާޕޯޓު ގުޅާލުމުގެ މަސައްކަތް މި އަންނަ އަހަރުގައި ފަށާނަން،“ ރައީސް ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު ހަދަން ފެށި މާވަރުލު އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2020 ވަނަ އަހަރުގެ ޖުލައި މަހު އެވެ.




ގުޅުންހުރި
ކުރިއަށް އޮތް ދެ އަހަރު ތެރޭ ކުދި އަދި މެދު ފަންތީގެ
ކައުންސިލުގެ ފްލޯއަކީ ޑްރާމާ ކުޅެ، މާލޭގެ ބިންތައް ވިއްކަން އޮންނަ ތަނެއް
15 ރުފިޔާގެ ވައްކަން ކުރި މީހާއަށް އަނިޔާކުރި މައްސަލައިގައި ދެ މީހަކު
ރޭޕްގެ ތުހުމަތުވާ އިޒާމް ހޯދާތާ އެއް އަހަރަށްފަހު އަމިއްލައަށް ފުލުހަށް ހާޒިރުވުމުން
މަންޑޭގެ މައްޗަށް 94 ދައުވާއެއް ސާބިތުވެއްޖެ
އާ އަހަރަށް ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް