ކުޑަ ރަށެއް އަދި ބޮޑު ރަށެއް ތަފާތު ނުކޮށް، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއި އިންސާފާއި އަދުލުވެރިކަމާއެކު ތަރައްގީ ގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އާބާދީގައި ގާތްގަނޑަކަށް 275 ވަރަކަށް މީހުން އުޅޭ ގއ. ކޮނޑޭއަށް ވަޑައިގެން ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ދިވެހިންނަށް ބޭނުންވާ މިންވަރަށް، ރާއްޖޭގައި އުފެއްދޭ އަދި އުފެއްދިދާނެ ބާވަތްތައް އުފައްދައި، ފުޑް ސެކިއުރިޓީ ގާއިމުކުރުމަކީ ސަރުކާރުގެ ދުރުވިސްނޭ، މުހިންމު ސިޔާސަތެއް ކަމަށެވެ.
ރިސޯޓްތަކަށް ބޭނުންވާ ކާބޯތަކެތިވެސް ރާއްޖޭގައި އުފެއްދުމަކީވެސް އެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ކޮނޑޭއަކީ ދަނޑުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ކުރިއެރުވިދާނެ ރަށެއް ކަމަށާއި އެހެންކަމުން އެ ރަށުގައި ދަނޑުވެރިކަމުގެ މުހިންމު މަޝްރޫއެއް ހިންގައިދޭނެ ކަމަށެވެ. އަދި އެކަން ކުރާނަމަ، ރަށުގެ ބަނދަރުވެސް ބޮޑުކުރަންޖެހޭނެ ކަމަށާއި ރައްޔިތުން އެދޭ ގޮތަށް ބަނދަރު ބޮޑުކޮށް ހަދައިދޭނެ ކަމަށްވެސް ވިދާޅުވި އެވެ.
”މި މަސައްކަތް ރާއްޖޭގައި ކުރާކަމަށްވާ ނަމަ، މި ރަށުގެ ބިމުގެ ބޭނުން ވަރަށް ބޮޑަށްޖެހޭ. ރަށުގެ ރައްޔިތުންގެ މުސްތަގުބަލަށްޓަކައި އެތައް ރައްޔިތުންނެއްގެ އާމްދަނީ އެތައް ގުނައެއް އިތުރުވެގެންދާނެ ކަމެއް މިއީ… އެހެންވީމަ މި ރަށުގެ ތަރައްގީއަށްޓަކައި ރަށުގެ ރައްޔިތުންނާއި ކައުންސިލާ ބައިވެރިވާ ގޮތަށް ދަނޑުވެރިކަމުގެ މުހިންމު މަޝްރޫއެއް ހިންގައިދޭނެކަމުގެ ޔަގީންކަން ދެން،“ ރައީސް ވިދާޅުވި އެވެ.

ގުޅުންހުރި
މި އަހަރު 800 އެއްހާ މަޝްރޫއު ކޮންޓްރެކްޓްކުރާނެ: ރައީސް
ރައީސް މުލި އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވައިފި
ތިން ރީހެބިލިޓޭޝަން ސެންޓަރެއް ރިމާންޑު ފެސިލިޓީގެ ގޮތުގައި ކަނޑައަޅައިފި
ފޭސް ދޭއްގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި
ސަޓާ 2025ގެ އިވެލުއޭޝަން ނޭޕާލްގައި ފަށައިފި
ކުޅުދުއްފުށީ ޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އެމްޕީއެލްއާ ހަވާލުކޮށްފި