މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތަރައްގީކުރަން ފެށި ގުޅިފަޅުގެ އާ ލޭންޑް ޔޫސް ޕްލޭން އާންމުކޮށްފި އެވެ.
ރައީސް ސޯލިހުގެ ސަރުކާރުގައި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން ހެދީ، ބިމުގެ އެއްބައި މާލޭ ވިޔަފާރި ބަނދަރަށް ހާއްސަކޮށްގެންނެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ ބަނދަރު ތިލަފުއްޓަށް ބަދަލުކުރަން ނިންމައިފަ އެވެ. އެހެންވެ ޕްލޭނަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ.
އެގޮތުން އާ ޕްލޭންގައި ކުރީ ސަރުކާރުން ގުޅިފަޅުން ދޭން ނިންމި 1،517 ގޯއްޗަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ސޯޝަލް ހައުސިންއަށް 78 ބިމެއް ވަނީ ހާއްސަކޮށްފަ އެވެ.
Have a look at the new land use plan of Gulhifalhu: https://t.co/7OgBelhBYs #WithHDCMaldives #Gulhifalhu pic.twitter.com/u7B2rzCqWR
— Housing Development Corporation (@hdcmaldives) February 22, 2024
އޭގެ އިތުރުން ހޯލްސޭލް އަދި ރީޓެއިލް ފިހާރަ ބަރިއަކާއި ވެއާހައުސް ހަދަން ދެ ސަރަހައްދަކާއި މަސް މާރުކޭޓަކާއި ލޯކަލް މާރުކޭޓެއް ހަދަން ބިން ހާއްސަކޮށްފައިވާއިރު، ސްކޫލްތަކާއި މިސްކިތްތަކާއި ހޮސްޕިޓަލްތަކާއި ޕޮލިހާއި ޑިފެންސްގެ ދަށުން ހިންގާ އިދާރާތަކަށް ހާއްސަ ބިން ކަނޑައަޅާފައިވެ އެވެ. އަދި ކައުންސިލް އޮފީހެއް ހިންގަން ބޮޑު ބިމެއް ދޭން ނިންމާފައިވެ އެވެ.
އެޗްޑީސީން އާންމުކޮށްފައިވާ ޕްލޭންގައިވާ އެންމެ ބޮޑަށް ފާހަގަކުރެވެނީ މުޅި ގުޅިފަޅުގައި ހުސް ޖާގަތައް ހަދައި، ޕޮކެޓް ޕާކުތަކެއް ތަރައްގީކުރަން ނިންމާފައިވުމެވެ. އަދި ރަށުގެ ދެ ފަޅީގައި ދެ އާޓިފިޝަލް ބީޗު ހަދަން ނިންމާފައިވާއިރު ކުޅިވަރު ސްޓޭޑިއަމްތަކަށްވެސް ބޮޑެތި ބިންތަކެއް ވަނީ ކަނޑައަޅައިފަ އެވެ.


ގުޅުންހުރި
ރޯދަ މަހު ތަކެތީގެ އަގުބޮޑުވިޔަ ނުދޭނަން، ގެނެވުނު ގޮތަކަށް ގެނެސް އަގުހެޔޮ
ރޯދައަށް މާލޭގެ މަގުތައް ސާފުކުރުން: އެއް ދުވަހުން 235 އުޅަނދު ޓޯކޮށްފި!
ސަލްޓަން ޕާކު މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާންކޮށްފި
ވިލުފުށީ ކެފޭއަކަށް ސިހުރު ހެދި ކަމަށް ތުހުމަތުވާ މީހާ 15 ދުވަހަށް
ރޯދަމަހަށް މާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ފަށައިފި
އެޗްޑީސީގެ ސީއެފްއޯ އާއި އިތުރު ވެރިއަކު ވަކިކޮށްފި