ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުންގެ ހިޔާލާއި ޝަކުވާ ފޮނުވޭނެ ހާއްސަ ޕޯޓަލްއެއް އިފުތިތާހުކޮށްފި އެވެ.
މި މަހުގެ ފަސްވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހަށް އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ރައީސް އޮފީހުގެ ތެރެއިން އެފަދަ ޕޯޓަލްއެއް ހައްދަވާނެ ކަމަށް ވިދާޅުވެފަ އެވެ.
’ރައްޔިތުންގެ އަޑު’ގެ ނަމުގައި ހަދާފައިވާ އެ ޕޯޓަލް ރައީސް މުއިއްޒު އިފުތިތާހު ކޮށްދެއްވީ އާންމުންގެ ސުވާލުތަކަށް ސީދާ އެ މަނިކުފާނު ޖަވާބު ދެއްވުމަށް މިރޭ ސަލްޓަން ޕާކުގައި ބޭއްވި ފޯރަމުގެ ތެރެއިންނެވެ.
އެ ޕޯޓަލްގެ ވެބް އެޑްރެހަކީ citizensvoice.gov.mv އެވެ. އެ ޕޯޓަލްއަށް ލޮގިން ވާންޖެހެނީ އީފާސް މެދުވެރިކޮށެވެ.
ރައީސް އޮފީހުން ބުނީ، އެ ޕޯޓަލްއަކީ ރައްޔިތުންގެ އަޑު އަހައިގެން، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުންގެ ފަރާތުން އޮޅުންފިލުވައިގެން، ރައްޔިތުން އެދޭ ގޮތަށް މަސައްކަތް ކުރެއްވުމަކީ ރައީސް ބޭނުންފުޅުވާ ގޮތް ކަމަށްވެސް ބުންޏެވެ.

ގުޅުންހުރި
ރަސޫލާއަށް ފުރައްސާރަ ކުރި ރުޝްދީއަށް ހަމަލާދީ އެއް ލޯ ކަނުކޮށްލި މީހާއަށް
65 ގައުމެއްގެ ސިޔާސީ ލީޑަރުން ކައިރީ ޝާހިދު: ރައީސް މުއިއްޒު ގެންދަވަނީ
ފަނޑިޔާރުން ވަކި ކުރި ގޮތް އެމްޑީޕީން ބޭރު ދުނިޔެއަށް ކިޔައިދޭތީ ހަލީލު
ދިވެހި ހައްޖުވެރިން މި މަހު 26 ގައި ފުރަން ފަށާނެ
ރާއްޖޭގައި ގިނަ ދަރިން ނުހޯދަނީ ގެދޮރާއި މާލީ ދަތިކަމުގެ ސަބަބުން: ދިރާސާ
މުސާރަ ނުދޭތީ ޑީބީއެމްގެ ކުރީގެ ސީއީއޯ ހުށަހެޅި މައްސަލަ ބާތިލުކޮށްފި