ހއ. ދިއްދޫގައި އާ ހޮސްޕިޓަލަކާއި އެއާޕޯޓެއް ހިމެނޭ ގޮތުން ގިނަ ބޮޑެތި މަޝްރޫއުތަކެއް ހިންގަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގައި ދިއްދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ދިއްދޫ ރައްޔިތުންނާއި މުޅި އަތޮޅަށްވެސް ފައިދާ ފެންވަރުގެ ރަނގަޅު އަދި ގިނަ ހިދުމަތްތަކެއް ލިބޭ ހޮސްޕިޓަލެއް އެ ރަށުގައި އަޅައިދެއްވާނެ ކަމަށެވެ.
ނަމަވެސް މި އަހަރަށް ފާސްކޮށްފައި އޮތް ބަޖެޓުގެ ތެރެއިން އެކަމަށް މާބޮޑު ޖާގައެއް ނެތް ކަމަށާއި އެހެންކަމުން ބޭރުގެ ފަންޑިންއަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
އެގޮތުން ޗައިނާއަށް އެ މަނިކުފާނު ކުރެއްވި ދަތުރުފުޅުގައިވެސް ބޭރުގެ ފަންޑިން ހޯދުމާގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ފަންޑިން ހަމަޖެހި ބޮޑު މަޝްރޫއެއް ފެށުމުގެ ކުރިން ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް މިހާރުން މިހާރަށް އިތުރު ކުރެވެން ހުރި ކަންކަން އިތުރުކޮށްދެއްވާނެ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް، އިތުރު އެމްބިއުލާންސެއް ގެނެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވަނީ ދިއްދޫގައި އެއާޕޯޓެއް ހަދައިދެއްވާނެ ކަމުގެ ޔަގީންކަންވެސް މިއަދުގެ ބައްދަލުވުމުގައި ދެއްވައިފަ އެވެ. އަދި އެ މަޝްރޫއުގެ ތެރެއިން ރަށަށް ބޭނުންވާ އިތުރު ބިން ހިއްކައި ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް ހިންގަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
”މި ރަށުގެ ތަރައްގީއަށްޓަކައި މުސްތަގުބަލަށްޓަކައި ގެދޮރުވެރިކަމަކީ އެންމެ އިސްކަންދޭނެ އެއް މަޝްރޫއު. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ކަހަލަ ފަންޑިންގެ ތެރެއިން ކުރިއަށް ގެންދާނެ ހައުސިން މަޝްރޫއުތަކުގެ ތެރޭގައި މި ރަށް އެންމެ ކުރީގައި ހިމެނޭނެކަމުގެ ޔަގީންކަން އަރުވަން،“ ރައީސް ވިދާޅުވި އެވެ.
ގުޅުންހުރި
ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ފުރިހަމަކުރުމުން ހުކުމަށް ލުޔާއި މާފުދޭން ނިންމައިފި
އަލަށް ރިޓަޔާކުރާ މީހުންނަށް ޕެންޝަން ނުދިނުމަށް ނިންމި ނިންމުން ބަދަލުކޮށްފި
ނުރަސްމީ ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި
ރައީސްގެ އަބުރުފުޅަށް އަރައިގެން ކަމަށް ބުނެ ގައްދޫ ކައުންސިލްގެ ރައީސަށް ނަސޭހަތް
ބޭރު ފައިސާގެ ބިލާއެކު ދައުރުވާ ޑޮލަރު ބޮޑުތަނުން އިތުރުވެގެންދާނެ: ރައީސް
ފުލެޓް ލިސްޓަށް އެއްވެސް ބައެއްގެ ނުފޫޒެއް ނެތް: ހައުސިން