ދިވެހި ގައުމީ ދިދަ މިނިވަންކަންމަތީ ވިހުރޭނީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ލިބިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު، ސީނިއާ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ރައީސް ހއ. ވަށަފަރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖޭގެ މިނިވަންކަން އޮތީ ގެއްލިފައި ކަމަށާއި އެ މިނިވަންކަން ކަށަވަރުކޮށްދެއްވުމަށް އެ މަނިކުފާނު އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އަދި މިނިވަންކަން ކަށަވަރު ނުވެ ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިންގޭނެތީ، ރައީސް މުއިއްޒު ކުރައްވަމުންގެންދަވާ މަސައްކަތަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެެމެހެއްޓުމުގެ މަސައްކަތްޕުޅު ކަމަށް ވިދާޅުވި އެވެ.
”ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ދިވެހިރާއްޖޭގެ ދިދަ މިނިވަންކަމާއެކީގައި ވިހުރުމަށް ކޮންމެހެން މުހިންމު ކަމެއް. އެ ދިދަ ފެއްސާއި ރަތާއި ހުދުން އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ގައުމުގައި ފަހުރުވެރިކަމާއެކީގައި ވިހުރެމުންދާނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ސުޕަ މެޖޯރިޓީ ޕީޕީއެމް/ޕީއެންސީއަށް ލިބިގެން،“ އަބްދުއްރަހީމް ވިދާޅުވި އެވެ.


ގުޅުންހުރި
ފައިސަލް ދެން މި ސަރުކާރާއެކު ނުހުންނާނެ: އަބްދުއްރަހީމް
މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުއްރަހީމް ވަކިކުރުމުގެ މަސައްކަތް ފަށަައިފި
ކޯޓަށް ސާބިތު ވެފައިނުވާ ކަމެއްގެ ވާހަކަ މަޖިލީހުގައި ދައްކައިގެންނުވާނެ: އަބްދުއްރަހީމް
އަންނަ އަހަރަކީ ލޮލަށް ފެންނަ އަދި އަތްލެވޭ ތަރައްގީގެ އަހަރު: އަބްދުއްރަހީމް
ބަޖެޓް ބަހުސް މިރޭ 11 ޖަހަންދެން ކުރިއަށް ގެންދިޔުމަށް ނިންމައިފި
އެމްޑީޕީއަކީ ރާއްޖޭގެ މިނިވަންކަމާއި ތަރައްގީއަށް ކުރިމަތިވެފައިވާ މުސީބާތެއް: އަދުރޭ