ކުޅުދުއްފުށި ސިޓީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ދޮންއުމަރުކަލޭފާމުނު މަގުގެ 150 މީޓަރުގައި ތާރު އަޅައި ނިންމާލާފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ކުންފުނި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.
ކުޅުދުއްފުށި މަގުތަކުގައި ތާރު އަޅަން ފެށީ ކުރީގެ ސަރުކާރުގަ އެވެ. އެ މަސައްކަތުގެ 60 ޕަސެންޓް ނިމިފައި އޮއްވައި، ރިޔާސީ އިންތިހާބަށްފަހު މަސައްކަތް މެދުކެނޑުނެވެ. މެދުކެނޑުމަކަށްފަހު އަލުން ކުޅުދުއްފުށީ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
އާރުޑީސީން ބުނީ، ކުޅުދުއްފުށި މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ދަންޑެހެލު މަގު އަދި ރަންކޮކާ މަގު އޭބީސީ ފަށަލަ ކޮމްޕެކްޓް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އުދަރެސް މަގު، ކުދީނާ ހިނގުމާއި ހޭނަކަތާ މަގުގައި ކާބް ސްޓޯން ޖެހުމުގެ މަސައްކަތް ކުރަމުންދާއިރު، އުދަރެސް މަގާއި ހޭނަކަތާ ހިނގުމުގައި ކީވޯލް ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
އާރުޑީސީން ބުނީ، ކުދީނާ ހިނގުން، ހޭނަކަތާ ހިނގުން، އުދަރެސް މަގު އަދި މާލިހާ މަގު އިރުމަތީ ފަރާތު ކޭބަލް ޖަންކްޝަން ކްރޮސް ޕައިޕްލައިންގެ މަސައްކަތް ކުރިއަށްދާއިރު ރަންކޮކާ މަގުގައި އަދި ދަންޑެހެލު މަގުގައި ސްޓޯމް ވޯޓާ ޖަންކްޝަން ރީސާފޭސްގެ މަސައްކަތް ވެސް ކުރެވިފައިވާ ކަމަށެވެ.


ގުޅުންހުރި
72 ކިލޯގެ ޑުރަގް އެތެރެކުރި މައްސަލަ: ފުލުހުން ހެދި ގޯސްތަކެއްގެ ސަބަބުން
ދިވެހި އަންހެނަކު ތިން ފިރިހެނުންނާ ”އިނދެގެން“ އުޅޭ މައްސަލައެއް!
އެސްޓީއޯ އިން ބިހެއް ވިއްކާނީ 2ރ. އަށް، ކޭހެއް ވިއްކާނީ 310ރ.
އެސްޓީއޯ އިން ފިޔާ ކިލޯއަކުން 2 ރުފިޔާ އަދި ފިޔާ ބަސްތާއަކުން
އެޕްރީލް މަހުގެ 20 ގެ ކުރިން ބަޔާމެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓް
ކިޔަވަން އިސް ނެގީ ޕީއެންސީގެ މެމްބަރުން، ކޯސް ފީ ދައްކަނީ އަމިއްލައަށް: