ރައީސް ޑރ. މުހައްމަދު މުއިއްޒު، ރ. އަދި ބ. އަތޮޅަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ، ރައީސްގެ މި ދަތުރުފުޅުގައި އެ ދެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، ވަގުތު ލިބިވަޑައިގަތް މިންވަރަކުން ދެ އަތޮޅުގެ ވީހާވެސް ގިނަ ރަށްތަކުގެ ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި އެ ދެ އަތޮޅުގެ އަތޮޅު ކައުންސިލާވެސް ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ހުސްވި ފެބްރުއަރީ މަހު އެ މަނިކުފާނު ވަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ތ. އަތޮޅު އަދި ގދ. އަތޮޅަށް ވަޑައިގެންފަ އެވެ.
އޭގެ އިތުރުން ގއ. އަތޮޅުގެ ދެ ރަށެއް ފިޔަވައި ހުރިހާ ރަށަކަށް ވަޑައިގެންނެވި އިރު، ހއ، ހދ، ށ. އަތޮޅުގެ ހުރިހާ ރަށަކަށާޢި ނ. އަތޮޅުގެ އެންމެ ރަށެއް ފިޔަވާ އެހެން ހުރިހާ ރަށަކަށް ވަޑައިގެންނެވި އެވެ.
ރައީސްގެ މި ދަތުރުފުޅުތަކުގައި އެ މަނިކުފާނު ގެންދަވަނީ ތަރައްގީގެ މަޝްރޫއުތައް ތަރުތީބުކުރާނެ ގޮތާމެދު މަޝްވަރާ ކުރައްވައި ރައްޔިތުން އެންމެ އެދޭ ކަންކަން އޮޅުންފިލުއްވަމުންނެވެ.




ގުޅުންހުރި
އަތޮޅު ކައުންސިލުތައް އުވާލުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅައިފި
ސިނގިރޭޓު ވައްކަން: ދިހަވަނަ މީހަކަށް ހައްޔަރުކުރީ ބިދޭސީއެއް
ދައުވަތު ދީގެން މަންދޫއަށް ދިޔަ ރައީސްގެ ޓީމުން އެރަށު ޒުވާނުން ލަދުގަންނަވާލައިފި
ވައްޑެ، ރައީސް މުއިއްޒަށް: 8 ކުލާސްރޫމް ހެދުމަކީ އަދި 8 މަޝްރޫއު
މާލެ އާއި އެހެން ރަށްތަކަކީ އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ ރަށްތަކެއް: ރައީސް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1,875 މަޝްރޫއުއެއް ކުރިއަށް އެބަދޭ: ރައީސް