ގަވާއިދާ ހިލާފަށް ދުއްވާ އެއްގަމު އުޅަނދުތަކުގައި ސްޓިކާ ޖަހަން ފަށަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ގަވާއިދާ ހިލާފަށް ޕާކްކުރާ އުޅަނދުތަކުގައި ސްޓިކާ ޖަހަން ފަށާނެ ކަމަށެވެ.
ޕާކް ކުރާނެ ޖާގަ ނުދައްކައި ސްޓިކާ ނުޖަހާނެ ކަމުގެ ޔަގީންކަން ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވާފަ އެވެ.
ފުލުހުންގެ ބަޔާނުގައި ވަނީ ހިނގާބިނގާވެ އުޅޭ މީހުންނާއި މަގުމަތީގައި އުޅަނދު ދުއްވާ މީހުން ހާއްސަކޮށް ބަހާއި އިމަޖެންސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް އުޅަނދު ޕާކްކުރަމުންދާ ކަމަށެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ހަތް ވަނަ މާއްދާ އަދި އެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވާއިދުގެ 14ވަނަ މާއްދާގައި ބުނެފައި ވަނީ ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދެއްގައި، ޕާކިން ވަޔަލޭޝަން ސްޓިކާ ޖެހުމުގެ އިހްތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވާ ކަމަށެވެ.
ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާ ކޮންމެ ފަހަރަކު، އުޅަނދުގެ ވެރިފަރާތް 250ރ. އިން ޖޫރިމަނާ ކުރާނެ އެެވެ. އަދި ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދެއްގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާ ހާލަތްތައް ފިޔަވައި، ގަވައިދާ ހިލާފުވާ ފަރާތްތައް 750ރ. އިން ޖޫރިމަނާ ކުރާނެއެވެ.
ފުލުހުން ބުނީ ގަވައިދާ ހިލާފަށް މައިގަނޑު ފަސް ސަރަހައްދެއްގައި ޕާކްކުރޭތޯ ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ.
އެތަންނަކީ:
– ގްރީން ޒޯން
– ޕަބްލިކް ޓްރާންސްޕޯޓު ދުއްވާ މަގުތައް
– މަގުތަކާއި ގޯޅިތަކުގެ ކަންމަތި
– ސްކޫލުތައް ހިމެނޭ ސަރަހައްދު
– އޮފީސް އިމާރާތްތަކާއި ހޮސްޕިޓަލްތަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްފައިވާ ތަންތަނާއި މިސްކިތްތަކާއި އާއްމު ގޭބިސީތަކާއި ގަރާޖުތަކަށް ވަދެނުކުމެ ހަދާ މީހުންނަށް ދަތިވާ ގޮތަށް ޕާކްކުރާ އުޅަނދުފަހަރު



ގުޅުންހުރި
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
އަތޮޅުތަކުން މާލެއަށް 1530 ދަރިވަރުން ބަދަލުވެއްޖެ، ގިނައީ ހުޅުމާލެއަށް
އެފްޑީސީގެ ހުރިހާ ޓަވަރަކަށް ކަރަންޓު ގުޅައި ނިންމާލައިފި
ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރުންނަށް ދައުވާކޮށްފި
މިފްކޯއިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފި، ކިލޯއަކަށް 20
ކޮވިޑް ކޮރަޕްޝަންގެ މައްސަލައެއްގައި ރިޝްވާނަށް ދައުވާކުރުމަށް ޕީޖީއަށް