މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅިފަޅުގެ ކަނޑުއޮޅިން ދަތުރު ނުކުރެވޭ ގޮތަށް ބަންދުކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ، ވިލިމާލެ ދެ ކަނޑުއޮޅި ބަންދުކުރީ، އެ ތަންތަނުން ދަތުރުނުކުރުމަށް ތަކުރާރުކޮށް މަނާކޮށް، ދަތުރު ނުކުރުމަށް އިލްތިމާސްކުރި ނަމަވެސް، ކަނޑުއޮޅި ބޭނުންކުރުން ނުހުއްޓާތީ ކަމަށެވެ. ހާއްސަކޮށް ރިޒޯޓްތަކުގެ ލޯންޗުތައް އެ ދެ ކަނޑުއޮޅި ބޭނުންކުރަމުން ގެންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އެ ދެ ކަނޑުއޮޅިން ދަތުރުކުރުން މަނާކުރީ، ބްރިޖު މަޝްރޫއުއާ ގުޅޭ ގިނަ މަސައްކަތްތަކަށް ބާޖާއި ސެލްފް އެލެވޭޓަޑް ޕްލެޓްފޯމްތައް ބޭނުންކޮށްގެން، އެ ދެ ކަނޑުއޮޅީގައި މަސައްކަތް ކުރަމުންދާތީ އާއި އެ ދެ ކަނޑުއޮޅީގައި ނަގިލި އެޅުމަށް ގިނަ އަދަދެއްގެ ބޮއިތަކާއި އެކިއެކި ވާތަށް އަޅާފައި އޮތުމުން އެ ދެ ކަނޑުއޮޅި ބޭނުން ކުރަމުންދާ އާންމު އުޅަނދުތަކަށް ނުރައްކާތެރި ހާދިސާއެއް ދިމާވެދާނެތީ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާ ބެހޭ ގަވާއިދުގެ ދަށުން ކަނޑުގެ ވަކި ސަރަހައްދަކަށް ވަނުން މަނާކޮށްފައިވާ ސަރަހައްދަކަށް ވަދެއްޖެ ނަމަ އެ ފަރާތެއްގެ ލައިސަންސް އެއް މަސް ދުވަހަށް ހިފެހެއްޓުމަށް ކަނޑައަޅާފައިވާ ގޮތަށް ވިލިމާލޭގެ ދެ ކަނޑުއޮޅިން ދަތުރުފަތުރުކުރާ ފަރާތްތަކުގެ ލައިސަންސް ހިފަހައްޓާނެ ކަމަށެވެ.


ގުޅުންހުރި
ރޯދަ މަހު ތަކެތީގެ އަގުބޮޑުވިޔަ ނުދޭނަން، ގެނެވުނު ގޮތަކަށް ގެނެސް އަގުހެޔޮ
ރޯދައަށް މާލޭގެ މަގުތައް ސާފުކުރުން: އެއް ދުވަހުން 235 އުޅަނދު ޓޯކޮށްފި!
ސަލްޓަން ޕާކު މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާންކޮށްފި
ވިލުފުށީ ކެފޭއަކަށް ސިހުރު ހެދި ކަމަށް ތުހުމަތުވާ މީހާ 15 ދުވަހަށް
ރޯދަމަހަށް މާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ފަށައިފި
އެޗްޑީސީގެ ސީއެފްއޯ އާއި އިތުރު ވެރިއަކު ވަކިކޮށްފި