ރާއްޖެއިން ޗައިނާ އާއެކު އަސްކަރީ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ޑިފެންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަން އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރު އަޖޯންގު ބައުކުއާން އެވެ.
އެފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން ފިޔަވައި، އިތުރު އެއްވެސް މައުލޫމާތެއް ސަރުކާރަކުން އަދި ހާމައެއް ނުކުރެ އެވެ.
ނަމަވެސް މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އަސްކަރީ ގޮތުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ބޭއްވި މަޝްވަރާތަކުގެ ދަށުން ސޮއިކުރި އެއްބަސްވުމެއް ކަމަށް ބެލެވެ އެވެ.
ރާއްޖެއިން ޗައިނާ އާއެކު އަސްކަރީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ އިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ވަނީ އެއްބަސްވެފަ އެވެ. އެގޮތުން އަންނަ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ފައިބާނެ އެވެ.




ގުޅުންހުރި
ދައުލަތުން އެދިގެން ޝަމްއާން ބަންދުން ދޫކޮށްލައިފި
އަރުވާލެވިގެން 17 އަހަރު ހުރުމަށްފަހު ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އެނބުރި ގައުމަށް
ސްކޫލު ބަންދުގައި 7،700 އަށްވުރެ ގިނަ ދިވެހީން އުމްރާއަށް ދާނެ
13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލަ: 17 އަހަރުގެ ކުއްޖާ
ރަސްމާލެ ހިއްކުން: ހަފުތާއެއް ތެރޭ ސައިޓް އޭގެ 18 ހެކްޓަރު ހިއްކައިފި
ވަޒީފާއެއް ނެތް ބިދޭސީން ހޯދަނީ