ޑުރަގް ޓްރެފިކިންގެ ކުށުގައި އުމުރަށް ޖަލަށްލާފައި ތިބި 314 މީހަކަށް މިދިޔަ ފަސް އަހަރު މާފު ދީފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކުގެ ފަރާތުން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އިހުސާން ވިދާޅުވީ، ޑުރަގް ޓްރެފިކްކުރާ މީހުންނާއި ޑުރަގުގެ ވިޔަަފާރިކުރާ މީހުންގެ މައްޗަށް ކުށް ސާބިތުވުމަށްފަހު އެ މީހުން ޖަލުން ދޫވާއިރު، އެ މީހުން ދޫކޮށްފައި ހުރި ގޮތަށް ބަލާފައިވާ ކަމަށެވެ.
”ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އުމުރަށް ޖަލާލާފައި ތިބި މީހުން، އެއީ ޑްރަގް ޓްރެފިކް ކުރުމުގެ ކުށުގައި އުމުރަށް ޖަލަށް ލާފައި ތިބި މީހުންގެ ތެރެއިން 314 މީހަކަށް އެބައިން ފާއިތުވި ފަސް އަހަރު ދުވަހު މާފު ދެވިފަ،“ އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އުމުރަށް މީހަކު ޖަލަށް ލެވެނީ، ފުލުހުން ވަރަށް ބުރަ މަސައްކަތް ކޮށްގެން ހިންގާ ތަހުގީގެއް ނިމި، ޕްރޮސިކިއުޓް ކުރެވި، ކޯޓު މަރުހަލާތައް ނިމުމުން ކަމަށާއި ފަސޭހައިން މައާފު ދިނުމަކީ ކަންބޮޑުވުމެއް ކަމަށެވެ.




ގުޅުންހުރި
މެދުއިރުމަތީގެ އެންމެ ބޮޑު އެއާލައިން، އެމިރޭޓްސްގެ ހުރިހާ ހިދުމަތެއް ޓާމިނަލް 1
ޣައްޒާގެ ގެއެއް ވެއްޓި, އެއް އާއިލާއެއްގެ ފަސް މެންބަރުން ނިޔާވެއްޖެ
ދިގު މުއްދަތަކަށް ”ވާނުވާ“ގައި ތިބި މީހުންގެ މައްސަލަ މާޗް މަހުގެ ނިޔަލަށް
ހުޅުމާލޭގައި ދިހަ ބުރިއަށް އިމާރާތްކުރުމަށް ޕާކިން ހިމެނޭގޮތަށް ޝަރުތުތަކެއް ހިމަނަނީ
ހުޅުމާލޭ ފޭސް އެކެއްގެ ގޯތިތަކުގެ އަގުން ދިހަ ޕަސަންޓުގެ ޑިސްކައުންޓެއް
ގްރޭޑު 10 އިން ދަށުގެ ކުދިން ސްކޫލަށް ފޯނު ވެއްދުން މަނާ،