އަނިޔާވެރިކޮށް މަރާލި ރ. މީދޫ/ ފެންފިޔާޒުގެ، މުހައްމަދު އަނަސް މަރާލި މައްސަލައިގައި ކުށް ސާބިތުނުވާ ކަމަށް ނިންމި މީހުންގެ ތެރެއިން އެކަކު ޑުރަގާއެކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކުން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވީ އަނަސްގެ މަރުގެ މައްސަލައިގައި މިދިޔަ މަހުގެ 25 ގައި ކުރި ހުކުމްގެ ރިޕޯޓު އަދި ވެސް ނުލިބޭ ކަމަށެވެ.
އެ ރިޕޯޓު ލިބުމުން ގާނޫނީ މާހިރުން ލަފާ ހޯދުމަށްފަހު އެ މައްސަލަ އިސްތިއުނާފު ކުރަން ފަށާނެ ކަމަށްވެސް ވިދާޅުވި އެވެ.
”ރޭ އަޅުގަނޑުމެން ހިންގި އޮޕަރޭޝަނެއްގައި ލޯންޗެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއި ވަރަށް ގިނަ ބަނގުރަލާއެއްކޮށް ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ. މި ބަނގުރަލާއި މަސްތުވާތަކެތި އުފުލި އުޅަނދު ހުއްޓުވައި ބެލިއިރު އަނަސްގެ މައްސަލައިގައި ދައުވާ އުފުލައި ކުށް ސާބިތުނުވުުމުގެ ސަބަބުން ދޫކޮށްލާފައިވާ ފަރާތެއްވޭ،“ ނަވީން ވިދާޅުވި އެވެ.
ނަމަވެސް އެއީ ކާކު ކަމެއް، އަދި އޭނާ އާ ބެހޭ އިތުރު މައުލޫމާތެއް ނަވީން ނުދެއްވަ އެވެ. ވިދާޅުވީ އެކަން ފާހަގަކުރެއްވީ އެ މައްސަލައިގެ ސީރިއަސްކަމުން ކަމަށެވެ.
އަނަސް މަރާލި މައްސަލައިގައި ނުވަ މީހެއްގެ މައްޗަށް ދައުވާކުރި އެވެ. އޭގެ ތެރެއިން ދެ މީހަކީ ކުޑަކުދިން ކަމަށްވުމުން ދައުލަތުން ވަނީ އެ ދެ ކުދިންގެ ވަނަވަރު ސިއްރުކޮށްފަ އެވެ.
އަނަސް މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ދައުވާ އުފުލާފައިވަނީ، މ. ލޮނުމިދިލިގެ/ އަފްރާހު އަބްދުއްރައްޒާގު، ޅ. ކުރެންދޫ/ އަސުރުމާގެ، އަހުމަދު ޒަޔާން އަދި މ. ދިމިޝްގު/ އުސްމާން ޝަރީފުގެ މައްޗަށެވެ.
ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައިވަނީ ލ. ގަން، ތުނޑީ/ ނަންނާރިގެ، ނައިހު އަބްދުﷲ އާއި ސ. ފޭދޫ/ ވެސްޓަންވިލާ، ހަސަން މަހްފޫޒު، ދަފްތަރު ނަމްބަރު 1746، ސިމާހު މޫސާ އަދި ތ. ކިނބިދޫ/ ގުލްފާމުގެ، މުހައްމަދު ޝާޒަށެވެ.




ގުޅުންހުރި
ހަނިމާދޫ އެއާޕޯޓު ހުޅުވުމަށް މޯދީގެ ހާއްސަ މަންދޫބެއް ރާއްޖެއަށް
މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް ފައިސާދިނުން ހުއްޓުވުމަށް އެމްޑީޕީން ކޯޓަށް ދަނީ
ފެނުގެ މަތިން ދުއްވާ ”ހައިޑްރޯފޮއިލިން“ ބޯޓުތަކެއް ރާއްޖެ ގެންނަނީ
ސަރުކާރުން ހުއްދަނުދިނުމުން އެމްޑީޕީގެ އެއްވުން ފަސްކޮށްފި
ބޯޑުގެ ހުއްދައާ ނުލައި ލޯނު ދޫކުރަމުންދާ ކަމަށްބުނާ ވާހަކަތައް ބީއެމްއެލުން ދޮގުކޮށްފި
ވަގު ސިނގިރޭޓުގެ ތުހުމަތު އަޅުވައި މަގާމުން ވަކިކުރި ރިޔާޒަށް އަލުން ވަޒީފާ