ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު، އަރިހުގައި ތިއްބެވި އެންމެން މިހާރު އެ މަނިކުފާނު ދޫކޮށް ހިނގައްޖެ ކަމަށާއި މިހާރު ރައީސް ހުންނެވީ އެކަނިވެރިވެފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ ވއެވެ.
އިންޑިއާގެ ރިޕަބްލިކް ނަމަކަށް ކިޔާ ޓީވީ ޗެނަލެއްގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، ރައީސް މުއިއްޒުގެ ވެރިކަން ވެއްޓެނީތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، ރައީސް މުއިއްޒަށް ވެރިކަމަށް އާދެވުނީ ދެ ސަބަބަކާހުރެ ކަމަށެވެ.
ފުރަތަމަ ކަމަކީ އެމްޑީޕީ ދެބައިވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކަށިވުން ކަމަށާއި ދެވަނަ ސަބަބަކީ އެމްޑީޕީން ވަކިވި މެންބަރުންނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން މުއިއްޒަށް ތާއީދު ކުރެއްވުން ކަމަށް ވިދާޅުވި އެވެ.
”މިހާރު ރައީސް މުއިއްޒުގެ އަމއިްލަ ޕާޓީ ދެބައިވެ، ރައީސް ޔާމީން ރައީސް މުއިއްޒުއާ ފެޔަށް ޖެހިވަޑައިގެންފި. މިހާރު އެކަކުވެސް ރައީސް މުއިއްޒު ކައިރިއަކު ނެތް. އެ ހުރީ ވަރަށް ބޮޑަށް އެކަހެރިވެފައި،“ ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގެން ގާނާގައި ދިރިއުޅުއްވަމުން ގެންދަވާ ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ގޮތް ސާފުވެގެންދާނެ ކަމަށެވެ. އަދި ރައްޔިތުން ރަނގަޅު ގޮތެއް ނިންމަވާނެ ކަމަށްވެސް ވިދާޅުވި އެވެ.




ގުޅުންހުރި
ކައުންސިލް އިންތިޚާބު އޮބްޒާވުކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި
ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފުލެޓުތަކަށް ވަދެވޭނެ: މުއްތަލިބު
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލައިފި
ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ދެ މީހަކު ގެއްލިއްޖެ
ރިސޯޓެއްގެ ޑަސްބިނުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފި