މިއަހަރުގެ މުލަ ރޯދަ ދުވަހަކީ މާދަމާ ކަމަށް ކަނޑައަޅައިފިއެވެ.
މިއަހަރުގެ ހަނދު ސާބިތުކުރުމަށް އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ ހަނދާ ބެހޭ ގަރާރު އިއްވައިފަ އެވެ.
ގަރާރު އިއްވަމުން ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ 1445 ވަނަ އަހަރުގެ ޝައުބާން މަހުގެ 29 މީލާދީ ސަނަތުން 2024 މާޗު 10 ވަނަ ދުވަހުގެ އިރު އޮއްސުމަށްފަހު ބައެއް އިސްލާމީ ގައުމުތަކަށް 1445 ވަނަ އަހަރުގެ ރަމަލާން މަހުގެ ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުން ސާބިތުވެފައިވާ ކަމަށެވެ.
ރަމަޟާން މަހާއި ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށް ރާއްޖޭގައި އަމަލުކުރާ އުސޫލުގައިވާ ގޮތުން މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަނޑައަޅާ ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި