ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް، ރޯދަ މަހަށް ކޮންމެ ގޭބިސީއަކަށް ހަނޑުލާއި ފުށް ބަހަން އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
މި ރޯދަ މަހު ކޮންމެ ގެއަކަށް ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ އަދި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާކުރައްވާނެ ކަމަށް ރައީސް އިއުލާނުކުރެއްވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
އެސްޓީއޯ އިން މިއަދު ބުނީ، ކާޑުގެ ބާވަތްތައް ބެހުމަށް އެ ކުންފުނިން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން އެކަމަށް އެކަށޭނަ މުދާ މިހާރު އެތެރެކޮށް، ގުދަންކޮށްފައިވާއިރު، ބެހޭނެ އިންތިޒާމުތައް ވެސް ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ.
މުދާ ދޫކުރުމަށް ރޭވިފައިވާ ގޮތް:
- މާލެ ސަރަހައްދުގައި މުދާ ދޫކުރާނީ މާލެ ސިޓީ ކައުންސިލުން
- މުދާ ދޫކުރަން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް
- މުލަ ރޯދަ ދުވަސް އަދި ހުކުރު ދުވަހު މުދާ ބެހުން ކުރިއަކަށް ނުގެންދާނެ
- ރަށްރަށަށް ގެންދާ މުދާ އިއްޔެ ދޯނިތަކަށް ބަރުކުރަން ވަނީ ފަށާފައި
- ރަށްރަށުގައި މުދާ ބަހާނީ ރަށު ކައުންސިލުން
އެސްޓީއޯ އިން ބުނި ގޮތުގައި، މާލެ ސަރަހައްދުގައި މުދާ ދޫކުރަން ނިންމާފައިވަނީ ހެނދުނު 10:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށެވެ.
ރޯދަ މަހު މުދާ ދޫކުރަން ނިންމާފައިވަނީ ހެނދުނު 9:30 އިން މެންދުރު 1:00 އަށް އަދި ރޭގަނޑު 9:00 އިން 11:30 އަށް ކަމަށްވެސް ބުންޏެވެ.
މާލެ ސަރަހައްދުގައި ހަދިޔާ ދޫކުރާނީ ހަތް ތަނަކުންނެވެ. އެއީ:
– މާލެއިން: މާލެ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާބެހޭ ބައި އަދި ސޯޝަލް ސެންޓަރު
– ވިލިމާލެ: ބިއްރި މިސްކިތް ހޯލް
– ހުޅުމާލެ ފޭސް-1: އުމަރު ޒާހިރު ބިލްޑިން
– ހުޅުމާލެ ފޭސް-2: ހިޔާ ފްލެޓް ޓަވަރު 10 ޔޫތް ސެންޓަރު


ގުޅުންހުރި
އިދާރާތަކުގެ ވެރިންނާއި މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރެވެން ނެތް ކަމަށް ނިންމައިފި
އެތެރެކުރާ ކޮންމެ ބޭސް ގުޅައެއް ޓްރޭސް ކުރެވޭނެ ގޮތަށް ޑިޖިޓަލް ސިސްޓަމެއް
ގޮނޑި ގެއްލޭ ގޮތަށް އިސްލާހު ގެނައުމުގެ މައްސަލަ ބެލޭނެ ކަމަށް ކަނޑައަޅައިފި
މި ރޯދަ މަހުވެސް ޝަހީމް އިމާމުވެ ތަރާވީހު ނަމާދު ކުރައްވާނީ ހުޅުމާލޭ
އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ރަސްމީ މުސާރައަކާއި ރޯދަ އެލަވެންސް ދޭން މަޖިލީހުން
މި އަހަރުގެ ރޯދަމަހުގެ ރަސްމީ ގަޑިއަކީވެސް ހެނދުނު 9 އިން މެންދުރުފަހު