ޖުލައި 4, 2024

ހަފްތާ ބަދިގެ: ޕިއްޒާ ޓޯސްޓީ

ބޭނުންވާ ތަކެތި

  • 6 ފޮތި ޕާން
  • މޮޒަރެއްލާ ޗީޒް (ގާނާފައި)
  • ޕެޕަރޯނީ (ބީފް/ ޗިކަން)
  • ½ ޖޯޑު ޕިއްޒާ ސޯސް
  • 2 ސައިސަމުސާ ގާލިކް ޕައުޑަރ
  • 1 ސައިސަމުސާ އިޓާލިއަން ހާބްސް

 

ތައްޔާރުކުރާނެ ގޮތް

ކޮންޓެއިނަރަކަށް ޕިއްޒާ ސޯސް، ގާލިކް ޕައުޑަރ އަދި އިޓާލިއަން ހާބސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ޕާން ފޮތިތަކުގެ ކައިރިފަށް ކަފާލުމަށްފަހު ކުރިން ތައްޔާރުކުރި މިކްސް ޕާން ފޮތިތަކުގެ މަތީގައި ހާކާލާށެވެ. ދެން މީގެ މަތީގައި ޕެޕަރޯނީ އަދި ޗީޒް ފަތުރާލާށެވެ. އެއަށްފަހު އެހެން ޕާން ފޮއްޗެއްް މީގެ މަތީގައި ބޭއްވުމަށްފަހު މީގެ މަތީގައިވެސް ސޯސް، ޗީޒް އަދި ޕެޕަރޯނީ ފަތުރާލާށެވެ.

އެއަރފްރައިއަރ 180 ޑިގްރީ އަށް ހޫނުކުރުމަށްފަހު 7 މިނެޓް ވަންދެން މި ޓޯސްޓީ ފިހެލާށެވެ.