ބޭނުންވާ ތަކެތި
- 3 ވަށް ދޮންކެޔޮ (ޗަސްކޮށްފައި)
- 2 ބިސް
- ½ ޖޯޑު ބަޓަރު (ދިޔާކޮށްފައި)
- ½ ޖޯޑު ބްރައުން ޝުގާ
- ¼ ޖޯޑު ހަކުރު
- ½ ސައިސަމުސާ ބޭކިން ސޮޑާ
- 1 ޖޯޑު ފުށް
- 2 މޭޒުމަތީ ސަމުސާ ދިޔާކިރު
- ½ ޖޯޑު މިލްކް ޗޮކްލޭޓް ޗިޕްސް
ތައްޔާރުކުރާނެ ގޮތް
ކޮންޓެއިނަރަކަށް ދޮންކެޔޮ، ބިސް އަދި ބަޓަރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން މީގެ ތެރެއަށް ބްރައުން ޝުގާ އަދި ހަކުރު އެޅުމަށްފަހު އަދި ފަހުން ބޭކިން ސޮޑާ އަދި ފުށް އެޅުމަށްފަހުވެސް ރަނގަޅަށް އެއްކޮށްލާށެވެ. ދެން މީގެ ތެރެއަށް ކިރު އަދި ޗޮކްލޭޓް ޗިޕްސް އެޅުމަށްފަހު އެއްކޮށްލާށެވެ.
ޓްރޭއެއްގައި ކުޑަ ތެޔޮކޮޅެއް ހޭކުމަށްފަހު ކުރިން ގިރި ފުށްގަނޑު މީގެ ތެރެއަށް އަޅައިލާށެވެ. 200 ޑިގްރީ ސެލްސިއަސް އަށް ހޫނު ކުރެވިފައިވާ އަވަން އެއްގައި މި ބްރެޑް 45 – 50 މިނެޓް ވަންދެން ފިހެލާށެވެ.
ގުޅުންހުރި
ރޯދަމަހު ބޭނުންކުރި ކަރަންޓަށް ޑިސްކައުންޓް ދޭން ނިންމައިފި: ފަހުމީ
ހަފްތާ ބަދިގެ: ޕިއްޒާ ބޮކްސް ޕެޓީސް
ހަފްތާ ބަދިގެ: ޗޮކްލެޓް ޗިޕް ކުކީ ކޭކް
ހަފްތާ ބަދިގެ: މެންގޯ ޖެލީ މަހަލަބިއާ
ހަފްތާ ބަދިގެ: ޓޫނާ ސްލައިޑާސް
ހަފްތާ ބަދިގެ: ސްޓްރޯބެރީ ޖެލީ ޕުޑިން