އެތެރޭގެ އެއާ އެމްބިއުލާންސް ދަތުރުތަކަށް ބޭނުންކުރަން އެކަމަށް ހާއްސަކޮށް ސީޕްލޭނެއް ތައްޔާރުކޮށް މާދަމާ ހިދުމަތް ފަށަން ނިންމައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެއާ އެމްބިިއުލާންސްގެ ގޮތުގައި ބޭނުންކުރަން ހަމަޖައްސާފައިވާ ސީޕްލޭންގެ ފޮޓޯއެއް މިއަދު އެކްސްގައި ހިއްސާ ކުރައްވައިފަ އެވެ.
އެ ފޮޓޯއިން ފެންނަނީ މޯލްޑިވިއަން އިން މިހާރުވެސް ބޭނުން ކުރަމުން އަންނަ ޓުވިން އޮޓޯގެ ފްލައިޓެއް، އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރާ ޑޭސް-8 ގެ ބޯޓާ އެއްގޮތަށް ޑިޒައިން ކޮށްފައިވާ ތަނެކެވެ.
އެއާ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭނެއް ބޭނުންކުރަން ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ އިއުލާނުކުރެއްވީ ޑިސެމްބަރު 29، ގަ އެވެ. އެ ހިދުމަތް ފެށީ މި މަހުގެ އެއްވަނަ ދުވަހު އެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ހުސްވި ފެބްރުއަރީ މަހުގެ ތެރޭގައި ވިދާޅުވެފައިވާ ގޮތުން، ސީ ޕްލޭންގެ ހިދުމަތް ދޭނީ ދުވާލު ވަގުތު އެކަންޏެވެ. އަދި އޭގައި އުފުލޭނީ އެންމެ މީހެކެވެ. ނަމަވެސް ޑިމާންޑަށް ބަލައި ސްޓްރެޗާ އިތުރު ކުރާނެ ކަމަށް ވިދާޅުވި އެވެ.

ގުޅުންހުރި
ކައުންސިލު އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގެ ބޮޑު ޕަސަންޓެއް ޒުވާނުންނަށް
ހަ މަސްތެރޭ ޕީއެންސީން 300 މެންބަރުން ވަކިވި!
އިންވެސްޓްކުރާ މަހުޖަނުންނަށް ރާއްޖޭގައި ދިރިއުޅެން އަގުބޮޑު ގެ އާއި ލުއިތައް ހޯދައި
ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރާ ދުވަހުގެ އަދަދު 12 ޕަސެންޓު ދަށަށް
އިންވެސްޓްކުރާ މަހުޖަނުންނަށް ރާއްޖޭގައި ދިރިއުޅެވޭ ގޮތް ހެދުމުގެ މަޝްރޫއެއް ފަށައިފި
މަހަށް ނުކުތް ޒުވާނުންތަކެއް މާވަހަރެއް ހޮވައިފި