އެމްއެމްއޭ އިން ގާއިމުކުރި އިންސްޓަންޓް ޕޭމަންޓް ސިސްޓަމް، ‘ފަވަރަ’ އިން ފައިސާ ފޮނުވޭ ލިމިޓާއި ފައިސާއަށް އެދެވޭ ލިމިޓް ބޮޑުކޮށްފި އެވެ.
މީގެ ކުރިން ފަވަރައިގެ ލިމިޓަކީ:
- ޓްރާންސްފާ ކުރެވެނީ ފަހަރަކު 50،000 ރުފިޔާއާ ހަމައަށް
- ފައިސާއަށް އެދެވެނީ ފަހަރަކު 5،000 ރުފިޔާއާ ހަމައަށް
މިއަދު އަމަލުކުރަން ފަށާ އާ ލިމިޓަކީ:
- ޓްރާންސްފާ ކުރެވެނީ ފަހަރަކު 200،000 ރުފިޔާއާ ހަމައަށް
- ފައިސާއަށް އެދެވެނީ ފަހަރަކު 10،000 ރުފިޔާއާ ހަމައަށް
މިގޮތަށް ލިމިޓް ބޮޑުކުރި ނަމަވެސް، ބޭންކުތަކުން އަމިއްލައަށް ކަނޑައަޅާ ލިމިޓުތައް އެޕްލައިވުމަކީ އެކަށީގެންވާ ކަމެކެވެ.
ރާއްޖޭގައި ފަސޭހަ، އަވަސް، އަދި ރައްކާތެރި ޕޭމަންޓް ހިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ފަވަރަ އިފުތިތާހު ކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
ފަވަރަގެ ހިދުމަތް މި ވަގުތު ދެމުންދަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ އިތުރުން ބޭންކް އޮފް ސިލޯން (ބީއޯސީ) އަދި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އެވެ.




ގުޅުންހުރި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
ފައިސާ ޗާޕުކުރަން އުޅޭތީ ޕެންޝަން އޮފީހުގެ ޗެއާމަންކަމުން އިނާޒް އިސްތިއުފާ ދެއްވައިފި
ވަކިކުރީ ގާނޫނީ ހަމަތަކުން ބޭރުން، އަބުރު ކަތިލުމުގެ ބޭނުމެއް ނެތް: ސާޖިދު
ހިދުމަތް ފެށުމަށް ޑިވެލޮޕްމަންޓް ބޭންކަށް ހުއްދަ ދީފި
އެސްޓީއޯގެ ބޭސްފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް
އެފްއައިޔޫގެ ވެރިޔާ ސާޖިދު ސަސްޕެންޑުކޮށްފި