ޖުލައި 4, 2024

ހަފްތާ ބަދިގެ: ޓިރަމިސޫ ޓްރެސް ލެޗެސް

ބޭނުންވާ ތަކެތި

  • 3 ބިސް
  • 250ގ ބަޓަރު
  • 250ގ ހަކުރު
  • 250ގ ސެލްފް ރައިސިން ފްލާ
  • 1 ސައިސަމުސާ ބޭކިންގ ޕައުޑަރު
  • 1 ސައިސަމުސާ ވެނީލާ އެސެންސް
  • 1 ސައިސަމުސާ އިންސްޓަންޓް ކޮފީ
  • 2 މޭޒުމަތީ ސަމުސާ ދިޔާކިރު
  • 2 ސައިސަމުސާ ކޮފީ (ގިރާފައި)
  • ކޮކޯ ޕައުޑަރު

 

ކިރުކޮޅު ތައްޔާރުކުރުމަށް

  • 3 ސައިސަމުސާ އިންސްޓަންޓް ކޮފީ
  • 180 އެމްއެލް ދިޔާކިރު
  • 1 ދަޅު އެވަޕަރޭޓަޑް މިލްކް
  • 1 ދަޅު ގެރިކިރު

 

ކްރީމް ތައްޔާރުކުރުމަށް

  • ½ ސައިސަމުސާ ވެނީލާ އެސެންސް
  • ލޮނު ކޮޅެއް
  • ½ ޖޯޑު އައިސިންގ ޝުގާ
  • 250ގ މަސްކަޕޯން ޗީޒް
  • 200 އެމްއެލް ވިޕިން ކްރީމް

 

ތައްޔާރުކުރާނެ ގޮތް

ކޮންޓެއިނަރަކަށް ހަކުރު، ބިސް އަދި ބަޓަރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން މީގެ ތެރެއަށް ސެލްފް ރައިސިން ފްލާ، ބޭކިން ޕައުޑަރު، އިންސްޓަންޓް ކޮފީ އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން މީގެ ތެރެއަށް ވެނީލާ އެސެންސް، ދިޔާކިރު އަޅައި އަނެއްކާވެސް އެއްކޮށްލާށެވެ. ޓްރޭއެއްގައި ބަޓަރު ހޭކުމަށްފަހު މި މިކްސް ޓްރޭއަށް އަޅައި 180 ޑިގްރީ ސެލްސިއަސްއަށް ހޫނުކުރެވިފައިވާ އަވަންއެއްގައި 20-25 މިނެޓް ވަންދެން ކޭކް ފިހެލާށެވެ.

އެހެން ކޮންޓެއިނަރެއްގައި ކްރީމްކޮޅު ތައްޔާރުކުރުމަށް ވިޕިންގް ކްރީމް އެޅުމަށްފަހު ރަނގަޅަށް ވިޕް ކޮށްލާށެވެ. އެއަށްފަހު މި ކްރީމްކޮޅު ފްރިޖަށް ލައި ފިނިކޮށްލާށެވެ.

އެހެން ކޮންޓެއިނަރެއްގައި ކިރުކޮޅު ތައްޔާރުކުރުމަށް ކޮފީ އަދި ހޫނު ފެންފޮދެއް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން މީގެ ތެރެއަށް ދިޔާކިރު، އެވަޕަރޭޓަޑް މިލްކް އަދި ގެރިކިރު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އަދި އެއްފަރާތެއްގައި ބަހައްޓާލާށެވެ.

އެހެން ކޮންޓެއިނަރެއްގައި މަސްކަޕޯން ޗީޒް، އައިސިން ޝުގާ އަދި ލޮނު އެއްކޮށްލާށެވެ. ކޭކު ފިހެވުމުން ހިހޫ ކުރުމަށްފަހު މީގެ މައްޗަށް ގިރާފައި ހުރި ކޮފީކޮޅު ފަތުރާލާށެވެ. އެއަށްފަހު މީގެ މައްޗަށް ތައްޔާރުކުރި ކްރީމްކޮޅު މަޑުމަޑުން އަޅައިލާށެވެ. އެއަށްފަހު މި ކޭކް ފްރިޖަށްލާށެވެ.

ކުރިން ތައްޔާރު ކުރި ވިޕިންގް ކްރީމް އަދި ޗީޒްކޮޅު މިކްސްކޮށްލާށެވެ. އެއަށްފަހު ކޭކުގެ މަތީގައި ފަތުރާލާށެވެ. އެއަށްފަހު މީގެ މަތީގައި ކޮކޯ ޕައުޑަރުކޮޅެއް ބުރުވާލާށެވެ.

ފިނިކޮށްލައިގެން ކާލަން ވަރަށް މީރުވާނެއެވެ.