އެ މަނިކުފާނަށް ތާއީދުކުރާ މީހުން މަދު ނޫން ކަމަށާއި ނަމަވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ހުންނަވާނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ތާއީދުކޮށްގެން ކަމަށް އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެސްއެސްޓީވީގެ ޕްރޮގްރާމުގައި ޕްރެޒެންޓަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ, އެ މަނިކުފާނު ހުންނެވީ ފައްޔާޒަށް ރިޔާސީ ޓިކެޓް ހޯއްދަވައިދެއްވުމަށް އޭނާއަށް ތާއީދު ކުރައްވައިގެން ކަމަށެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިމަތިލައްވަންޖެހޭ ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.
”ކޮންމެ ބޭފުޅަކު (ރިޔާސީ ޕްރައިމަރީއަށް) ކުރިމަތިލި ނަމަވެސް އަޅުގަނޑު ހުންނަ ގޮތުގައި އަޅުގަނޑު ހުންނާނީ. އަޅުގަނޑު މިހުރީ ފައްޔާޒަށް ތާއީދުކޮށްގެން,“ ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައްޔާޒުގެ އިތުރުން ދެން ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވަނީ އެ ޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު އެވެ. އޭގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވާދަކުރައްވާނެ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.


