މުބާރާތުގެ ފައިނަލު ބުރުގައި ވާދަކުރަން އަރައި ހުއްޓައި ކުއްލި ގޮތަކަށް މަރުވެއްޖެ

އިނގިރޭސި ވިލާތުގެ ޓެލްފޯޑްގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގެ ފައިނަލްގައި ވާދަކުރަން ސްޓޭޖަށް އެރި ބޮލީބިލްޑަރަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

ނިއުޔޯކް ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވޭކްފީލްޑަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ މަޓިއުޝް ޗްމޫރާ ވެއްޓުނީ ޕީސީއޭ ބްރިޓިޝް ފައިނަލްސްގައި އޭނާގެ ދެވަނަ އިވެންޓްގެ ހުށަހެޅުން ކުރިއަށްދަނިކޮށެވެ.

ޗްމޫރާއަށް ސްޓޭޖް މަތީގައި ކުއްލި ފަރުވާ ދިނުމަށްފަހު، ހެލިކޮޕްޓަރުގައި ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފަ އެވެ. އޭނާ މަރުވާން މެދުވެރިވި ސަބަބު ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ އޮގަސްޓް މަހު ކައިވެނި ކުރި މި ބޮލީބިލްޑަރު މަރުވީ އޭނާގެ 34 ވަނަ އުފަން ދުވަހަށް އެންމެ ދުވަހަކަށް ވެފައި ވަނިކޮށެވެ. އޭނާ މަރުވުމުގެ ދެ ހަފްތާ ކުރިން ބައިވެރިވި ފުރަތަމަ މުބާރާތުން އޭނާ ވަނީ ދެވަނަ ވެސް ހޯދައިފަ އެވެ.