ޖުލައި 4, 2024

ހަފްތާ ބަދިގެ: ސްޓިކީ ޑޭޓް ޕުޑިން

ބޭނުންވާ ތަކެތި

  • 280ގ ކަދުރު (އޮށް ނަގާފައި)
  • 1 ސައިސަމުސާ ބޭކިން ސޮޑާ
  • 1 ޖޯޑު ފެން
  • 80ގ ބަޓަރު
  • 2 މޭޒުމަތީ ސަމުސާ ބްރައުން ޝުގާ
  • 2 ބިސް
  • 185ގ ފުށް
  • 1 ½ ސައިސަމުސާ ބޭކިންގ ޕައުޑާ

 

ސޯސް ތައްޔާރުކުރުމަށް:

200ގ ބްރައުން ޝުގާ

370 އެމް އެލް ހެވީ ކްރީމް

1 ސައިސަމުސާ ވެނީލާ އެސެންސް

70ގ ބަޓަރު

 

ތައްޔާރުކުރާނެ ގޮތް

ތެއްޔަކަށް ފެން، ބޭކިން ސޮޑާ އަދި ކަދުރު އެޅުމަށްފަހު ކަދުރު މަޑުވަންދެން ކައްކާލާށެވެ. އެއަށްފަހު މީތި ފިނިކުރަން ބަހައްޓާލާށެވެ.

އެހެން ކޮންޓެއިނަރެއްގައި ބަޓަރު، ބިސް އަދި ބްރައުން ޝުގާ ރަނގަޅަށް އެއްކޮށްލާށެވެ. ދެން މީގެ ތެރެއަށް ފުށް އަދި ބޭކިން ޕައުޑަރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން މީގެ ތެރެއަށް ކަދުރުކޮޅު އަޅައި އެއްކޮށްލާށެވެ.

ޓްރޭއެއްގައި ބަޓަރު ހޭކުމަށްފަހު މި މިކްސް ޓްރޭއަށް އަޅައި 180 ޑިގްރީ ސެލްސިއަސްއަށް ހޫނުކުރެވިފައިވާ އަވަންއެއްގައި 10 – 15 މިނެޓް ވަންދެން ފިހެލާށެވެ.

ސޯސް ތައްޔާރުކުރުމަށް ތެއްޔަކަށް ބްރައުން ޝުގާ، ބަޓަރު، ހެވީ ކްރީމް އަދި ވެނީލާ އެސެންސް އެޅުމަށްފަހު ހަކުރުކޮޅު ދިޔާވަންދެން ކައްކާލާށެވެ. ކޭކު ފިހެވުމުން ކޭކުގައި ލޯވަޅު އެޅުމަށްފަހު ތައްޔާރުކުރި ސޯސް މީގެ މަތީގައި ފަތުރާލާށެވެ.