އީދު ނަމާދު ފަށާގަނޑި ހެނދުނު 7:00 އަވަސްކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރެއްގައި ބުނީ ރާއްޖޭގައި އީދު ނަމާދު ކުރަމުން އަންނަނީ ހެނދުނު 7:30 ގައި ކަމަށެވެ. ރާއްޖޭގައި އީދު ނަމާދު އާންމު ގޮތެއްގައި ކުރަނީ ހުސް ބިންތަކާއި މައިދާންތަކުގައި ކަމަށެވެ. ހެނދުނު 7:30 އަކީ ހޫނުގަދަ ވަގުތެއް ކަމަށާއި އީދު ނަމާދުގެ ޖަމާއަތަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދާ ކަމަށް ޝަހީމު ވިދާޅުވިއެވެ.
އީދު ނަމާދު ފަށާ ގަނޑި އަވަސްކުރަން ގިނަ ބަޔަކު އެދެމުންދާ ކަމަށް ޝަހީމު ވިދާޅުވިއެވެ.
އެހެންވެ މި ފަަހަރުގެ ކުޑަ އީދު ނަމާދުން ފެށިގެން ދެން އީދު ނަމާދު ކުރާނީ ހެނދުނު 7:00 ޖަހާއިރު ކަމަށް ޝަހީމް ވިދާޅުވިއެވެ.
”ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތާއި އެކަލޭގެފާނުގެ އަސްހާބު ބޭކަލުންގެ އަމަލުފުޅުގައިވާ ގޮތަށް ތަބައަވުމަކީ މޮޅު އިތުރުގޮތް ކަމަށްވާތީ އާއި އާންމު މަސްލަހަތަށް ރިއާޔަތްކުރުމަށް ޝަރުއުގައި ކަނޑައަޅުއްވާފައިވާ ގަވާއިދުތަކަށް ރިއާޔަތްކޮށް، ހިޖުރީ ސަނަތުން 1445، މީލާދީ ސަނަތުން 2024 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި ފިތުރު އިދު ނަމާދާއި އަލްހާ އީދު ނަމާދުގެ ޖަމާއަތް ފަށާ ވަގުތަކީ ހެނދުނު 7 ޖަހާއިރު ކަމުގައި ކަނޑައަޅައިފީމެވެ،“ ޝަހީމު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ މާލެ ސަރަހައްދުގެ ހަ ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އޮންނާނެ ކަމަށެވެ.
ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނެ ތަންތަން:
މާފަންނު ސްޓޭޑިއަމް
އިސްލާމީ މަރްކަޒު
ކިންގް ސަލްމާން މިސްކިތް
ވިލިމާލެ ފުޓްބޯޅަ ދަނޑު
ހުޅުމާލެ ސިންތަޓިކް ޓްރެކް
ހުޅުމާލެ ފޭސް ދޭއްގެ ކްރިކެޓް ސްޓޭޑިއަމް
ގުޅުންހުރި
އިސްލާމިކް މިނިސްޓްރީން ހޯދާ ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި ހުންނަވަނީ ރައީސް މުއިއްޒު:
މި މަސް ނިމުމުގެ ކުރީން 300 ޒުވާން ހަތީބުން އުފެއްދޭނެ: ޑރ.
އަލްމަޝްރައު ކުންފުނީގެ ފަރާތުން އުމްރާއަށް ދިޔަ މީހުން މައްކާގައި ތާށިވެއްޖެ، މައްސަލަ
ރުހުން ނުދޭން ފާސްކުރި ވަޒީރުން އަލުން މަގާމުގެ ހުވާކުރައްވައިފި
އުޝާމާއި ޝަހީމު އަދި ހައިދަރަށް ރުހުމެއް ނުދިން، ޒަމީރާއި ސައީދު ސަލާމަތްވެއްޖެ
ރާއްޖޭގެ ފަތުވާ މަޖިލީސް ތަރައްގީކުރަން ބައިނަލްއަގުވާމީ ފެންވަރުގެ އެއްބަސްވުމެއް