ޝާހް އަލަމް، މެލޭޝިއާ: ރޯދަ ވީއްލަން ހަދާފައި ހުރި ޖޫސްފުޅި ބޯލުމުން ވަޅި ހަރައި މަރާލައިފި އެވެ.
ޝާހް އަލަމްގެ ޕޮލިސް ޗީފް އިގްބާލް އިބްރާހިމް މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، އިއްޔެ އެ ހާދިސާ ހިނގީ ފެކްޓަރީއެއްގެ މުވައްޒަފުންތަކެއް ނިދަން ވެގެން، ޝިޕިން ކޮންޓެއިނަރަކުން ހަދާފައިވާ ހޮސްޓެލްއެއްގެ ތެރޭގައި ކަމަށެވެ.
އެގޮތުން މަރާލި 49 އަހަރުގެ ބަންގްލަދޭޝް މީހާ އުޅެމުންދިޔައީ 51 އަހަރުގެ ޕާކިސްތާން މީހަކާއެކު ކަމަށް ވިދާޅުވި އެވެ.
”އަހަރެމެން ސީންއަށް ދިޔައިރު 49 އަހަރުގެ ބަންގްލަދޭޝް މީހަކު އޮތީ މަރުވެފައި. ހިންގި ތަހުގީގުން އެނގުނު ގޮތުގައި ޕާކިސްތާން މީހާ ރޯދަ ވީއްލަން ހެދި އޮރެންޖު ޖޫސްފުޅި ބަންގްލަދޭޝް މީހާ ބޯލީ. އެކަމުގެ ރުޅީގައި ކިޗަން ވަޅިއަކުން އެތައް ތަނަކަށް ވަޅި ހެރީ،“ އިގްބާލް އިބްރާހިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ މައްސަލައިގައި ޕާކިސްތާން މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.


ގުޅުންހުރި
އިންޑިއާގައި 7 މަހުގެ ތުއްތު ކުއްޖަކު ރޭޕްކުރި މީހަކު ދަންޖައްސައި މަރަން
މި އަހަރުގެ ރޯދަ މަހު ސައުދީން 102 ގައުމަކަށް 700 ޓަނުގެ
އުފާ ފާޅުކުރުމުގެ ތެރެއިން ޖެހި ބަޑިއަކުން ދެ އަހަރުގެ ކުއްޖަކު މަރުވެއްޖެ
އާ އަހަރު ޗުއްޓީގައި ލިބުނު 74،000 ޑޮލަރުގެ ފައިދާ ދިނީ ސްޓާފުންނަށް!
އިޒްރޭލަށް 7.4 ބިލިއަން ޑޮލަރުގެ ބޮމާއި މިސައިލް ވިއްކަން އެމެރިކާ އިން
އިންޑިއާގައި އަންހެނަކު ރޭޕްކޮށް އަންދާލައިފި، ކުށް ކުރުމުގައި އިސްކޮށް ހުރީ ޅިޔަނު!