މި ރޯދަމަހު ކަރަންޓު ބޭނުން ކުރާވަރު 100 މެގަވޮޓުން މައްޗަށް ގޮސްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭ ސަރަހައްދުގައި އެވެރްޖް މަހެއްގައި ބޭނުންކުރާ ކަރަންޓަކީ 94 މެގަވޮޓް ކަމަށެވެ.
ނަމަވެސް މި ދުވަސްވަރަކީ މި އަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރުކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާއިރު، މި ދުވަސްވަރު ކަރަންޓު ބޭނުންކުރާ މިންވަރު 104.7 މެގޮވޮޓާ ހަމައަށް އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ.
”އެހެންކަމުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ވީހާވެސް ކުޑަ ކުރުމަށް، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރެއްވުމަށާއި މި ދުވަސްވަރު ކަރަންޓު އިގުތިސާދު ކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރަން،“ ފަހުމީ ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެވެސް ރޯދަ މަހުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާތީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރޯދަ މަހުގައި ކަރަންޓު ބިލް ވަކި ވަރަކަށްވުރެ ބޮޑުނުވާ ގޮތަށް ހެދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ފަހުން އެ މަސައްކަތާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުން ހިއްސާއެއް ނުކުރެ އެވެ.




ގުޅުންހުރި
މި ބަންދުގައި ސްޓެލްކޯގެ ކައުންޓަރުތައް ބަންދުވިޔަސް، ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް ލިބޭނެ
ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ ހުޅުވައިފި
ސްލްކޯއިން ތުލުސްދޫގައި ގާއިމުކުރި ފެނުގެ ނިޒާމު އިފްތިތާހުކޮށްފި
ސްޓެލްކޯ އިން ދިއްފުށީގައި ހެދި އިންޖީނުގެ ހުޅުވައިފި
ސްޓެލްކޯގެ ސްކިލްސް އެކަޑަމީގައި އެމްއެންޔޫގެ ކޯސްތައް ފަށަން ތައްޔާރުވެއްޖެ
ސްޓެލްކޯއަށް ޚިދްމަތް ކުރުމަށް ފަހު ރިޓަޔާކުރި ދެ މުވައްޒަފެއްގެ އަގުވަޒަންކޮށްފި