އެމެރިކާގެ ޓެކްސަސްގެ ބޭންކަކަށް ވަދެ، އެތަނުގެ މީހުންނަށް ބިރު ދައްކައި، އެތަނުން ފައިސާތަކެއް ވަގަށް ނެގި ތިން ކުޑަކުދިން، ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ހައްޔަރުކޮށްފި އެވެ.
ހޯސްޓަންގައި ހުންނަ އެފްބީއައިގެ އޮފީހުން ބުނީ، މި މަހުގެ 14 ވަނަ ދުވަހު ހިނގި އެ ހާދިސާއާ ގުޅިގެން އުމުރުން 11 އަހަރާއި 12 އަހަރު އަދި 16 އަހަރުގެ އެ ތިން ކުދިންގެ މައްޗަށް ކުރަނީ އިންޒާރު ދިނުމަށްފަހު ފޭރުނު ކަމުގެ ތުހުމަތު ކަމަށެވެ.
ކުޑަކުދިންނަށްވާތީ އެ ކުދިންގެ މައުލޫމާތެއް އެފްބީއައި އަކުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނި ގޮތުގައި، ޓެކްސަސްގެ ބޭންކު ފަޅާލައި، ފައިސާތަކެއް ވަގަށް ނެގީ ބޭންކް ޓެލާއަށް އިންޒާރުގެ ނޯޓެއް ދިނުމަށްފަހު އެވެ. އޭގައި ލިޔެފައި އޮތީ ކޮން އެއްޗެއް ކަމެއް އަދި ބޭންކުން ވަގަށް ނެގީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެ ތިން ކުދިންގެ ތެރެއިން ދެ ކުއްޖަކު ދެނެގަތީ އެ މީހުންގެ މައިންބަފައިން ދިން މައުލޫމާތުގެ އެހީގަ އެވެ.




ގުޅުންހުރި
ޖިންސީ ފުރައްސާރަކުރިކަން ސާބިތުވުމުން، ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި
އަނބިމީހާއަށް 15،000 ރުފިޔާ ދޭންޖެހޭ، އަތަކު އެކައްޗެއް ވެސް ނޯވޭ: އައްބާސް
ނައިބު ރައީސުންގެ އިނާޔަތަށް ޝަރުތު ހަމަވަނީ ފައިސަލް އެކަނި
ކުރީގެ ނައިބު ރައީސުންނަށް މަހަކު 25,000ރ. އިނާޔަތެއް ދޭން ސަރުކާރުގެ ފަރާތުން