މާލޭ، ޕާކިން ޒޯނެއްގައި ހުރި އަނބު ގަހަކުން ވަގަށް އަނބު ބިން ދެ މީހަކު ހައްޔަރުކޮށް ބަންދުކޮށްފިއެވެ.
ފުލުހުން އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނޫ 38 އަހަރުގެ ދިވެހި ފިރިހެނަކާއި 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އިއްޔެ ވަނީ ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.
އެ ދެ މީހުން ކޯޓަށް ހާޒިރުކޮށް ފުލުހުން އެދުނީ 30 ދުވަހަށް ބަންދުކޮށް ދިނުމަށެވެ. ސަބަބެއްގެ ގޮތުގައި ފުލުހުން ބުނީ އަނބު ގަސް ހުރި ޕާކިން ޒޯނަކީ އާންމުކޮށް އެންމެނަށް ވަދެވޭ ސަރަހައްދަކަށްވިޔަސް އެ ބިމަކީ މާލޭ ސިޓީ ކައުންސިލްގެ ދަށުގައިވާ ބިމެއް ކަމަށެވެ. ތުހުމަތުކުރެވޭ ދެ މީހުން އަނބު ބިންނަން ގަހަށް އަރާފައިވަނީ އެއްވެސް ބައެއްގެ ހުއްދަ ހޯދުމަށް ނެތި ކަމަށެވެ.
އެހެންކަމުން އެ ދެ މީހުންނާމެދު ފިޔަވަޅެއް ނާޅައި ދޫކޮށްލައިފިނަމަ ނިޒާމުގެ އާންމު ގެއްލިގެން ހިނގައިދާނެތީ ބަންދުކުރަންޖެހޭ ހާލަތެއް އެބައޮތް ކަމަށެވެ. ފުލުހުން ބުނީ އަޒްނީފަކީ އެކި މައްސަލަތަކާ ގުޅިގެން 44 ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށާއި އަދި އިނާޒަކީ 12 ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ.
ފުލުުހުންގެ ވާހަކަތަކަށް އަޑުއެހުމަށްފަހު ގާޒީ ނިންމެވީ 30 ދުވަހަށް އެ ދެ މީހުން ބަންދުކުރުމަކީ ހާލަތާ ނުބައްދަލު ކަމަކަށްވުމުން ތިން ދުވަހަށް ބަންދު ކުރުމަށެވެ. ފުލުހުން ވަނީ އެ ދެ މީހުންނާ ދެކޮޅަށް ކޮންމެވެސް ވަރަކަށް ހެކި ހުށަހަޅާފައި ކަމަށާއި މުޖުތަމައުގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައި އެ ދެ މީހުން ބަންދުކުރަން ޖެހޭ ކަމަށެވެ.




ގުޅުންހުރި
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު
ވިލިނގިލި ޑުރަގް ނެޓްވޯކު: އެކައުންޓްތަކުގައި 300 މިލިއަން ރުފިޔާ، 4 ލައްކަ
ޑުރަގް ވިޔަފާރިކޮށް މަނީ ލޯންޑާކުރާ ބޮޑުން ހޯދަން ގއ. އަތޮޅުގައި ބޮޑު
ކިނޮޅަސް ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ
ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި ނޭޕާލް ބަޔަކު ހައްޔަރުކޮށް ޑީޕޯޓްކޮށްލަން ނިންމައިފި
13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލަ: 17 އަހަރުގެ ކުއްޖާ