ގާދޫގައި ތަރައްގީކުރާ މެރިޓައިލް ހަބާ ގުޅޭ މައުލޫމާތު ފޮނަދޫ ރައްޔިތުންނާ ހިއްސާކޮށްފި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ލ. ގާދޫގައި ތަރައްގީކުރަން ތައްޔާރުވަމުންދާ މެރިޓައިލް ހަބްއާ ގުޅޭ މައުލޫމާތު ފޮނަދޫ ރައްޔިތުންނާ ހިއްސާކޮށްފި އެވެ.
ލ. ގާދޫގައި ބަންކަރިން ހިދުމަތް ދެވޭ ގޮތަށް ކޮމާޝަލް ބަނދަރެއް ތަރައްގީ ކުރަން ނިންމުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14ގެ ޕްލޭގައި ފެށުމަށް ހިމަނާފައިވާ މަޝްރޫއެކެވެ.
ފޮނަދޫ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ގާދޫ ޕޯޓް މަޝްރޫއުގެ މައުލޫމާތު ހިއްސާކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމާއި އެމްޕީއެލްގެ ޓެކްނިކަލް ބޭފުޅުންނެވެ. އެ ބައްދަލުވުމުގައި ރައީސް ސޯލިހުގެ ހާއްސަ އެޑްވައިޒަރު، ސީނިއާ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ އާއި ފޮނަދޫ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. ލ. ގާދޫގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްގީކުރަން ފުރަތަމަ އިއުލާން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ.
އެ މަޝްރޫއަށް ގާދޫގައި ދިރިއުޅެމުން ދިޔަ މީހުން އެ އަތޮޅު ފޮނަދުއަށް ބަދަލު ކުރި ނަމަވެސް އެކަމުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެ އެވެ. އެ ފަހުން މިދިޔަ ސަރުކާރުގައި ވަނީ ލ. ގާދޫގައި ޕޯޓެއް ހެދުމުގެ ފީސިބިލިޓީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އޭގެ އިތުރަށް އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.

ގުޅުންހުރި
ކުޅުދުއްފުށީ ޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އެމްޕީއެލްއާ ހަވާލުކޮށްފި
ވައްކަމުގެ ތުހުމަތުތަކެއް އަމާޒުވި މުއާޒްއާއި ވަޖީހު ޕީއެންސީއަށް
އެމްޕީއެލްގެ ބޯޑު މެންބަރުކަމަށް މުހައްމަދު ވަހީދު އައްޔަންކޮށްފި
އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސި ފަރާތްތަކަށް ރައީސްގެ ޝުކުރު
އެމްޕީއެލް ފްލެޓުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި އުޅުނު ދެ މުވައްޒަފުގެ
އެމްޕީއެލްގެ އޮކްޝަން ޕޯޓަލުން ހިތަދޫ ޕޯޓުގެ ނީލަންތަކުގައި ބަައިވެރިވެވޭ ގޮތް ހަދައިފި