ސާޅީސް ތިން އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރި މީހުންގެ ތެރެއިން ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބިފައިނުވާ މީހުންގެ ރެކޯޑް، ރައީސް އޮފީހުން ހޯދުމަށްފަހު ގައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ސާޅީސް ފަސް އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރި މީހުންގެ ތެރެއިން ވަޒީފާއިން ވަކިވެފައިވާ މީހުންނަށާއި ވަޒީފާގައި ދެމި ތިބި މީހުންނަށް މިދިޔަ އަހަރު ވަނީ އިނާމު ދީފަ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ރައީސް ނިންމަވާފައިވަނީ ދައުލަތުގެ ވަޒީފާއިން ވެކިވެފައިވާ މީހުންނާއި ވަޒީފާގައި ދެމި ތިބި މީހުންގެ ކުށާއި ދަރަނީގެ ރެކޯޑާއި އަދާކުރި ވަޒީފާތަކާއި ވަޒީފާ އަދާކުރި ގޮތުގެ ތަފުސީލު މައުލޫމާތު، އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވައިގެން، އެ ކޮމިޓީން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު އެ މީހުންނަށް އިނާމު ދިނުމަށް ކަމަށެވެ.
އެގޮތަށް ރައީސް ހަމަޖެއްސެވީ ރައީސް އޮފީހުން ބުނި ގޮތުގައި ދައުލަތަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރުމަށްފަހު ވަޒީފާއިން ވަކިވެފައިވާ ގިނަ މީހުންނަށް، އެ މީހުންގެ އަމިއްލަ ރެކޯޑުތައް ހޯދުމަށް ދަތިތަކެއް ކުރިމަތިވުމާއި އޭރު އެ މީހުން ހިިދުމަތް ކުރި ބައެއް މުއައްސަސާތައް އުވާލާފައިވުމާއެކު މައުލޫމާތު އެއްކުރުމުގައި ދަތިތަކެއް ކުރިމަތިވާނެތީ އެކަމަށް ހައްލެއް ގެނެސްދެއްވުމަށެވެ.
ރައީސްގެ އެ ނިންމެވުމާ ގުޅިގެން ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމަށް މިހާރު ހުޅުވާލާފައިވާ ފުރުސަތުގައި، އެ މީހުން އިނާމަށް ނަން ހުށަހަޅާކަށް ނުޖެހޭނެ އެވެ.
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު މި އަހަރު ދޭން ހަމަޖެހިފައިވަނީ، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.
ގުޅުންހުރި
ބްރޯޑްކޮމްއަށް 12 ބޭފުޅެއްގެ ނަން، ރައީސްގެ ލިސްޓުގެ ކުރީގައި މުހައްމާ އަދި
2025 އަކީ ގެދޮރު އެޅުމުގެ އެންމެ ގިނަ މަޝްރޫއު އެއް އަހަރުތެރޭ
ޖާބިރުގެ ކާސާމިއާ ގެސްޓް ހައުސް، މަތިވެރި ރައްޔިތުންނަށް ލިބޭނެ ގޮތް ހަދައިދޭނަން:
އިންތިހާބުތަކާ ދިމާކޮށް ކުރީ ސަރުކާރުން ވަނީ 1،900 ކުށްވެރިން ދޫކޮށްލާފައި: ރައީސް
މަޝްރޫއުތައް މި އަހަރު ނުހިންގުނީ މިދިޔަ ސަރުކާރުން ފާސްކުރި ބަޖެޓާ ހެދި:
2025 އަދި 2026 ވެގެންދާނީ ވައުދުތަކުގެ އަމަލީ މަސައްކަތް ފަށާނެ ދެ