މިއަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގައި އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ދާއިމީ ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ)ން އާންމުކޮށްފިއެވެ.
އީސީން ގެޒެޓުގައި އާންމުކުރި އެ ލިސްޓުގައިވާ ގޮތުން 284،663 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 139،361 އަންހެނުންނާއި 14،5302 ފިރިހެނުންނެވެ.
މަޖިލިސް އިންތިހާބުގައި 369 ކެންޑިޑޭޓުން 93 ދާއިރާއަކަށް ވާދަ ކުރާނެއެވެ. އަދި މަޖިލިސް އިންތިހާބުގައި ވޯޓު ލުމަށް 602 ވޯޓު ފޮށި ބަހައްޓާނެއެވެ.
އީސީން އެންމެ ފުރަތަމަ ނިންމީ މިމަހުގެ 17 ގައި އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ރައްޔިތުން މަޖިލީހުން އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހު ގެނެސްވަނީ ރޯދަ މަހު އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތް ހަދައިފައެެވެ.
އެހެންވެ އީސީން ނިންމާފައިވަނީ މިއަންނަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ.



ގުޅުންހުރި
ލޯކަލް ކައުންސިލު އިންތިހާބަށް އީސީން ޓިކްޓޮކް މުބާރާތެއް
ކައުންސިލު އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި
ކައުންސިލު އިންތިހާބަށް ކުރިމަތިލުމަށް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލް އިންތިހާބު: ވޯޓުލެވެނީ 294،937 މީހުންނަށް، ޖުމުލަ 621 ވޯޓު ފޮށި