މިއަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގައި އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ދާއިމީ ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ)ން އާންމުކޮށްފިއެވެ.
އީސީން ގެޒެޓުގައި އާންމުކުރި އެ ލިސްޓުގައިވާ ގޮތުން 284،663 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 139،361 އަންހެނުންނާއި 14،5302 ފިރިހެނުންނެވެ.
މަޖިލިސް އިންތިހާބުގައި 369 ކެންޑިޑޭޓުން 93 ދާއިރާއަކަށް ވާދަ ކުރާނެއެވެ. އަދި މަޖިލިސް އިންތިހާބުގައި ވޯޓު ލުމަށް 602 ވޯޓު ފޮށި ބަހައްޓާނެއެވެ.
އީސީން އެންމެ ފުރަތަމަ ނިންމީ މިމަހުގެ 17 ގައި އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ރައްޔިތުން މަޖިލީހުން އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހު ގެނެސްވަނީ ރޯދަ މަހު އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތް ހަދައިފައެެވެ.
އެހެންވެ އީސީން ނިންމާފައިވަނީ މިއަންނަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ.
ގުޅުންހުރި
އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ވައްދައިފި
ބްރޯޑްކޮމް މެންބަރުކަމަށް ސަރާހަތުއާއި މުހަންމާ އައްޔަންކުރަން ފާސްކޮށްފި
އޭސީސީއަށް އަލަށް އައްޔަން ކުރާ ދެ މެންބަރުންނަށް ރުހުން ހޯދަން މަޖިލީހަށް!
ޕީއެންސީން ވަގު ފޯމު ފުރި މައްސަލައިގައި އިހުސާނާ ސުވާލުކުރަން ހުށަހަޅައިފި
ރިޔާސީ ބަޔާން އިއްވުން އަންނަ މަހު 6ގައި
ހުރިހާ ގެތަކަށް އެއް ބާރު މިނެއްގައި އިންޓަނެޓާއި ކަރަންޓު ފެން ދިނުމަށް