އަލަށް ގެ އަޅާ މީހުންނަށް ފަސް ޕަސެންޓަށް ވުރެ އިންޓްރެސްޓު މަތި ނުވާނެހެން ލޯން ސްކީމެއް ތައާރަފްކޮށް އެކަމަށް އެދެން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅީ މެދު ދާއިރާއަށް ވާދަ ކުރައްވާ މާލެ ސިޓީ ކައުންސިލްގެ މެންބަރު އަހްމަދު ޒަމީރުގެ ކެމްޕެއިން ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ލޯނަކީ މާލޭގެ އިތުރުން އެހެން ރަށްރަށުގައި އަމިއްލަ ގޯތި ހުރެ އެ ގޯތީގައި ގެޔެއް އިމާރާތް ކުރެވޭނެ ތަނަވަސްކަން ނެތް، އަދި އާންމުކޮށް ހުންނަ ކޮމާޝަލް ރޭޓުތަކުގައި ލޯނު ނަގައިގެން ގެ ނެހެދޭނެ މީހުންނަށް އަތްފޮރާ ފަށުގައި ލުއި ލޯނުތަކެއް ދިނުމަށްޓަކައި ދޫކުރާ ލޯނެއް ކަމަށެވެ.
”މިހާރު ހަމަ ގާތްގަނޑަކަށް އަޅުގަނޑުމެންގެ ހުރިހާ ފަންނީ، ޓެކްނިކަލް ހުރިހާ މަސައްކަތްތަކެއް ނިމުމަކާ ހަމަ އަށް ގޮސްފައި އެވަނީ. އަޅުގަނޑަށް ގަބޫލު ކުރެވެނީ ހަމަ ވަރަށް އަވަހަށް ދެން ބާކީ ހުރި ހުރިހާ ކަންކަން ނިންމައިލައިގެން، އަޅުގަނޑުމެންނަށް ވަރަށް އަވަހަށް އެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް،“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ލޯނު ސްކީމާ ގުޅޭ ވަރަށް ގިނަ މަސައްކަތްތަށް މިދިޔަ 100 ދުވަސްތެރޭގައި ކޮށްފައިވާ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ އެ ލޯން ސްކީމުގެ ތެރޭގައި ކޮންވެންޝަނަލް ލޯން އަދި އިސްލާމިކް ފައިނޭންސް ލޯނާއި ދެ ވައްތަރުގެ ލޯނު ހުންނާނެ ކަމަށެވެ.
އަދި ވިދާޅުވީ ގެ ހަދަން ފަށައިފައި ވަކި ހިސާބަކުން ފައިސާ ނެތުމުގެ ސަބަބުން މަސައްކަތް ހުއްޓިފައިވާ ގެތަކުގެ މަސައްކަތްބ ކުރިއަށް ގެންދިޔުމަށްވެސް ހާއްސަ ލޯނެއް ތައާރަފުކުރާނެ ކަމަށެވެ.
ލޯނު ސްކީމު ތައާރަފުކުރަނީ މުޅި ރާއްޖެއަށް ކަމަށްވިޔަސް އެންމެ ގިނަ ފުރުސަތު ލިބޭނީ މާލޭ ރައްޔިތުންނަށްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ގުޅުންހުރި
ސީއެސްސީގެ މުވައްޒަފުންގެ ޒާތީ މައުލޫމާތު ހޯދައި ޖާސޫސު ކުރަމުންދާތާ އެތައް ދުވަހެއް!
ރައީސް މުއިއްޒަށް ތުހުމަތުވާ ކޮރަޕްޝަންގެ ވާހަކަ ދެއްކުމުން މަޖިލިސް ރައީސް އެންގެވީ
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ފަލަސްތީނުގެ ބަހެއް ހޯދަންޖެހޭ: ފަލާހު
ތައިލެންޑުގައި ހުންނަ ދިވެހި ސަފީރަކަށް ފުއާދު އައްޔަންކުރަނީ
ހޯކްސްގެ ބޯޓަކުން ވަގަށް ސިނގިރޭޓް އެތެރެކުރުން: އިހުސާން އާއި އަމީން ކޮމިޓީއަށް
ޕްރައިމަރީއަކާނުލައި ނެތި ރިޔާސީ ޓިކެޓް ރައީސްއަށް ލިބިވަޑައިގަންނަވާނެ: އަބްދުއްރަހީމް