ސައުތް ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގެ ޓީޗަރަކު, ދެ ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ, އުމުރުން 12 އަހަރު އަދި 13 އަހަރުގެ އެ އަންހެން ދަރިވަރަށް ޖިންސީ ގޯނާކުރި މައްސަލައެއް ރިޕޯޓްކުރީ މި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހުކުރު ދުވަހު އުމުރުން 52 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށް, ކޯޓަށް ހާޒިރުކުރުމުން ބަންދަށް 30 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.


