ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ފާޑުކިޔުންތަކާއި ތުހުމަތުތައް އަމާޒުކުރެއްވި އައްބާސް އާދިލް ރިޒާ އަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން އިސް މަގާމެއް ދީފި އެވެ.
މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމަކަށް އޭނާ ހަމަޖެއްސި އިރު، ޔާމީންގެ ވެރިކަމުގައި ވެސް އޭނާ ހުންނެވީ މެލޭޝިއާ އެމްބަސީގެ ވަޒީފާއެއްގަ އެވެ.
އައްބާސް އަކީ ޕީޕީއެމް/ޕީއެންސީގެ ތެރޭގައި އުފެދުނު ކޯޅުމުގައި ރައީސް އަބްދުﷲ ޔާމީންގެ ފަޅިއަށް އަރުއްވައި، ރައީސް މުއިއްޒުއާ ދެކޮޅަށް ނިކުމެވަޑައިގަތް އެއް ބޭފުޅެވެ. އަދި އޭރު ޕީޕީއެމް ހިންގުމަށް ހަވާލުކުރެއްވި ދެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ އޭނާއެވެ. އަނެއް ބޭފުޅަކީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.
އޭގެ ފަހުން ޔާމީނާއެކު ރައީސް މުއިއްޒު އަދި މި ސަރުކާރަށް އައްބާސް ވަރަށް ބޮޑަށް ފާޑުކީ ނަމަަވެސް ޔާމީން އިސްވެ ޕީއެންއެފް އުފައްދަވަން މަސައްކަތް ފެއްޓެވި ފަހުން އޭނާ ނުފެނެ އެވެ.
އައްބާސްއަށް ސިޔާސީ އިސް މަގާމެއް ދީފައިވާއިރު، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި ހައްޔަރުކޮށް، އެމްޑީޕީގެ ވެރިކަމުގައި އޭނާގެ މައްޗަށް ފަނާކޮށްފާނެ ކަމުގެ ބިރުދެއްކުމުގެ ދައުވާ ވެސް ކުރި އެވެ.
އެ މައްސަލައިގައި ބާއްވަން އުޅުނު ޝަރީއަތްތަކަށް ހާޒިރުނުވާތީ، އައްބާސް ހޯދަން ފުލުހުން އިއުލާނު ވެސް ކުރި އެވެ. އޭނާ ކޯޓަށް ހާޒިރުނުވެ ފިލައިގެން އުޅުމުގެ ސަބަބުން އެ ޝަރީއަތްތައް އޭރު ކުރިއަށް ގޮސްފައެއް ވެސް ނުވެ އެވެ. އޭނާ ރާއްޖެ ވަޑައިގަތް ފަހުން އެ މައްސަލައިގެ ޝަރީއަތްތައް ކުރިއަށް ދިޔަ ކަމެއް ސާފެއް ނޫނެވެ.




ގުޅުންހުރި
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނެގުން ކުރިޔަށް ދަނީ
މަރުވި ދެ ގައިދީންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފި
ކާބޯތަކެތީގެ އަގު ބޮޑުނުވެ މިރޯދަމަހުވެސް ލިބޭނެ: ސަރުކާރު
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
ހުއިފިލަނޑާތަކުގެ މައްސަލައިގައި ފުލުހަކު ސަސްޕެންޑުކޮށްފި
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ