ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް)އަށް ގާނޫނީ ހިމާޔަތް ދިނުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުން ބޭރުކުރީ އައިރުޒިންމާދާރުކޮށް ކަމަށާއި ރައްޔިތުން އެކަމަށް އެ މެމްބަރުންނަށް ޖަވާބު ދޭން ޖެހޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ ފަރާތުން ފުވައްމުލަކު ދެކުނު ވާދަކުރައްވާ އިބްރާހީމް ހުސެއިންގެ ކެމްޕޭން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މިރޭ ވިދާޅުވީ މަޖިލީހުގައި ތިބި އެމްޑީޕީގެ މެމްބަރުން ގެންދަވަނީ ސަރުކާރުން ރައްޔިތުންގެ ހައްގުގައި ހުށަހަޅާ ބިލުތައް ބޭރުކުރަމުން ކަމަށެވެ. އެއީ ސަރުކާރުން ރައްޔިތުންގެ ހައްގުގައި ކުރަން ނިންމާފައިވާ ކަންކަމާ ދެކޮޅު ވިސްނުމުގެ މެމްބަރުން ކަމަށާއި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވަނީ އެކަންކަން ބަދަލުކުރަންކަމަށް ރައީސް ވިދާޅުވިއެވެ.
”ހަފުތާ 14 މެނިފެސްޓޯގަ އެންމެ މުހިންމު އެންމެ ފުރަތަމަ ބިލެއްގެ ގޮތުގާ މަޖިލީހަށް ވެއްދި ބިލަކީ ވެސް މި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑާ ބެހޭ ބިލު. މިއަދު އެވަނީ މަޖިލީހުން ބޭރުކޮށްލާފަ. ދޭނެ އެއްވެސް ޖަވާބެއް ނޯންނާނެ އިންސާފުވެރިކަމާއެކު ވާހަކަދައްކަވާ އެއްވެސް ބޭފުޅަކަށް. ރައްޔިތުން އެއަށް މިހާރު އެބަޖެހޭ އެ ބޭފުޅުންގެ އައިރުޒިންމާދާރު އަމަލަށް ކުރިއަށް އޮތް އިންތިހާބުގަ ޖަވާބު ދެއްވަން،،“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަޖިލިސް ތެރެއިން މިހާރު ކުރަމުންދަނީ ރައްޔިތުންނަށް އުނދަގޫ ކުރުމުގެ މަސައްކަތް ކަމަށެވެ. ރައްޔިތުންނާއި ގައުމުގެ ކުރިއެރުމަށް ހުރަސްއަޅާ އެފަދަ މެމްބަރުން އަލުން އިންތިހާބު ކުރުމާމެދު ގޮތެއް ނިންމާނީ ރައްޔިތުންކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ޝިއާރު ކަމަށްވާ ދިވެހީންގެ ރާއްޖެ ކާމިޔާބު ކުރުމަށް މަޖިލިސް މެޖޯރިޓީ ސަރުކާރަށް ލިބުން މުހިންމުކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުންނަށް ހައްގު ކުރިއެރުން ލިބިގެންދާނީ އެއިރުންކަމަށް ރައީސް ވިދާޅުވިއެވެ.
ގުޅުންހުރި
ހޯކްސްގެ ބޯޓަކުން ވަގަށް ސިނގިރޭޓް އެތެރެކުރުން: އިހުސާން އާއި އަމީން ކޮމިޓީއަށް
ޕްރައިމަރީއަކާނުލައި ނެތި ރިޔާސީ ޓިކެޓް ރައީސްއަށް ލިބިވަޑައިގަންނަވާނެ: އަބްދުއްރަހީމް
ފުރުސަތު ލިބުނަސް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަނުކުރައްވާނަން: އަބްދުއްރަހީމް
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައްޔާޒު ހާމަކުރައްވައިފި
ނަތަންޔާހޫ ހައްޔަރުކުރަން އައިސީސީން ކުރި އަމުރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
މެންބަރުކަން ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއަށް ދިނުމުން ރައްޔިތުންގެ ބާރު ގެއްލޭ: