އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއާއެކު ސްޓޭޓް ޓްރޭޑް އޯގަނިޒޭޝަން (އެސްޓީއޯ)ގެ ދަށުން ހިންގާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީ)ން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
އެމްއައިޑީން މިރޭ މީޑިއާތަކަށް ބުނީ އެކަމުގެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ކަމަށެވެ. ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ މެނޭޖަރު މާއޯ ބާއޯ ކަމަށެވެ.
ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑަކީ ސިނަމާލެ ބުރިޖު ހެދި ކުންފުންޏެވެ.
އެމްއައިޑީން ބުނީ ރާއްޖޭގެ ބޭނުންކުރާ ކާބޯތަކެތީގެ 90 ޕަސަންޓަކީ އިމްޕޯޓުކޮށްފައިވާ ތަކެތި ކަމަށެވެ. ރާއްޖެއަށް އެހާ ގިނަ އަދަދަކަށް ކާބޯތަކެތި އިމްޕޯޓް ކުރަން ޖެހެނީ ރާއްޖެއަކީ ޖިއޯގްރަފީ ގޮތުން ބިން ކުޑަ ގައުމަކަށްވެފައި ދަނޑުވެރިކަން ކުރާނެ ބިން ލިބުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ. ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއެކު ހެދި އެއްބަސްވުމުގެ ދަށުން އެފަދަ ދަތިތަަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
މިއީ ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް)އެއް ގާއިމްކުރުމަށް، ކުރާ މުހިންމު މަސައްކަތެއްކަމަށް އެމްއައިޑީން ބުންޏެވެ.




ގުޅުންހުރި
އެސްޓީއޯއާއި އެއްއަގަށް ބާޒާރުގައި އޮރެންޖުގެ އަގު ތިރިވެއްޖެ
އެސްޓީއޯ އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި
ރާއްޖޭގެ 52 ދަނޑުވެރިއަކު ތަމްރީނަށް ލަންކާއަށް
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
އެސްޓީއޯގެ ބޭސްފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް