ދަރުމަވަންތަ މިސްކިތުގެ ފެން މޯޓަރު ވަގަށް ނަގައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ، ފެން މޯޓަރު ވަގަށް ނަގާފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށްވެސް ބުންޏެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ ކުށް ހިނގި ތަނަށް ހާޒިރުވެ ކުށުގެ ވެށިން ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ ފަސް ދުވަސް ކުރީން، ދަރުމަވަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާވެސް ވަނީ ވަގަށް ގެންގޮސްފަ އެވެ. އެ މައްސަލައާ ގުޅޭ ސީސީޓީވީ ފުޓޭޖާއެކު ފުލުހަށް މައްސަލަ ހުށަހެޅި ނަމަވެސް މީހަކު ހައްޔަރުކުރި ކަމެއް އަދި ނޭނގެ އެވެ.
މި ރޯދަމަހު ވަނީ މާލޭގެ ދެ މިސްކިތެއްގެ އަންހެނުން ވުޟޫ ކުރާ ބަޔަށް ވެސް ބަޔަކު ގެއްލުން ދީފަ އެވެ. ގެއްލުން ދީފައި ވަނީ ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާނާ ތައްޓާއި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަކަށެވެ. އެ މައްސަލަ ވެސް ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ.




ގުޅުންހުރި
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
އެސްޓީއޯގެ ބޭސްފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!
ވިލިނގިލި ޑުރަގް ނެޓްވޯކު: އެކައުންޓްތަކުގައި 300 މިލިއަން ރުފިޔާ، 4 ލައްކަ
ވޯޓު ގަނެގެން އިންތިހާބުވާން ވިސްނާ ކެންޑިޑޭޓުންނަކީ އަމިއްލަ މަސްލަހަތަށް އުޅޭ ބައެއް: