އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ފަރާތުން ވޯޓާސް ލިސްޓުގައި ސޮއިކުރަން ފަށައިފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓުގައި ބުނީ، ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން، ވޯޓާސް ލިސްޓުގައި ސޮއިކުރުން މިއަދު ހެނދުނު 10:00 އިން ފެށިގެން މާދަމާ މެންދަމު 12:00ގެ ނިޔަލަށް މައި އިންތިހާބީ މަރުކަޒު، ދަރުބާރުގޭގައި ކުރިއަށްދާނެ ކަމަށެވެ.
ކެންޑިޑޭޓުގެ ބަދަލުގައި އެހެންފަރާތެއްދާ ނަމަ، އެ މީހާގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީ އަދި ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންދަން ޖެހޭނެ ކަމަށްވެސް ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މަޖިލިސް އިންތިހާބުގައި 284،663 މީހުންނަށް ވޯޓު ލެވޭނެ އެވެ. އެއީ 139،361 އަންހެނުންނާއި 14،5302 ފިރިހެނުންނެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރާއިރު، އިންތިހާބުގައި ޖުމުލަ 369 ކެންޑިޑޭޓުން ވާދަކުރެ އެވެ.




ގުޅުންހުރި
ގެދޮރުވެރިޔާ ފުލެޓުގެ ޑައުންޕޭމަންޓަށް ރަނގަޅު ހައްލެއް ހޯދައިދޭނަން: ރައީސް
ޕޮއިންޓު ބަދަލުކޮށްގެން އެއްވެސް މީހަކަށް ފުލެޓުދީފައެއް ނުވާނެ: ރައީސް
ޝަމްއާނަށް ގާޒީގެ އިންޒާރު: ހެޑްލައިން ހެދުމަށް ފުރުސަތެއް ނުދޭނަން!
ނަރުހުންނާއި ޓީޗަރުން ހިމެނޭހެން ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާކުރަނީ
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ހުޅުމާލޭގައި ބާއްވަނީ
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް