ސީރިއާގެ ދަމަސްކަސްގައި ހުންނަ އީރާންގެ ކޮންސިއުލޭޓަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި އީރާންގެ އީރާނުގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑްސް ކޯ (އައިއާރްޖީސީ)ގެ އިސް ދެ ކޮމާންޑަރަކު މަރާލައިފި އެވެ.
އިޒްރޭލުން އިއްޔެ ދިން އެ ހަމަލާއިން ސަލާމަތްވި އީރާންގެ އެމްބެސެޑަރު ހުސެއިން އަކްބަރީ ވިދާޅުވި ގޮތުގައި އެ ހަމަލާގައި ފަސް މީހަކު މަރުވި ކަމަށެވެ. އޭގެ ތެރޭގައި އަސްކަރީ ތިން ބޭކަލުން ހިމެނޭ ކަމަށްވެސް ވިދާޅުވި އެވެ.

އައިއާރްޖީސީން ނެރުނު ބަޔާނެއްގައި ބުނީ، އިޒްރޭލުން ދިން ހަމަލާގައި އެ ކޯގެ އެލީޓް ގުދުސް ފޯސްގެ ސީނިއާ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ރެޒާ ޒަހެދީ އާއި އޭނާގެ ޑެޕިއުޓީ މުހައްމަދު ހާދީ ހަޖްރިއަހީމީ ހިމެނޭހެން އެ ކޯގެ ހަތް މެންބަރަކު މަރުވެފައިވާ ކަަމަށެވެ.
ހަމަލާއާ ގުޅިގެން އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ނާސިރު ކަނާނީ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ހަމަލާގެ ބަދަލު ދިނުމުގެ ހައްގު އީރާނަށް ލިބިދޭ ކަމަށާއި ބަދަލާއި އަދަބު ދޭނެ ގޮތެއް ނިންމާނެ ކަމަށެވެ.
އެ ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ސީރިއާގެ ފޮރިން މިނިސްޓްރީން ބުނެފައިވާއިރު ރަޝިއާ އިން ވަނީ އިޒްރޭލުގެ އެ ހަމަލާ ބަލައިނުގަނެވޭނެ ކަމަށް ބުނެފަ އެވެ.




ގުޅުންހުރި
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނެގުން ކުރިޔަށް ދަނީ
މަރުވި ދެ ގައިދީންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފި
ކާބޯތަކެތީގެ އަގު ބޮޑުނުވެ މިރޯދަމަހުވެސް ލިބޭނެ: ސަރުކާރު
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
ހުއިފިލަނޑާތަކުގެ މައްސަލައިގައި ފުލުހަކު ސަސްޕެންޑުކޮށްފި
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ