ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ލިބިއްޖެ ނަމަ، އެ މަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދެއް 100 ޕަސެންޓް ފުއްދައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ސިލްސިލާކޮށް ގެނެސްދޭ ”ރައީސްގެ ޖަވާބު“ ޕްރޮގްރާމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ހުރިހާ ވައުދެއް ވެވަޑައިގެންނެވީ ފުއްދުމުގެ ނިޔަތުގައި ކަމަށާއި ފުއްދޭނެކަން ގަބޫލުކުރެއްވޭތީ އާއި ފުއްދޭނެ ގޮތް އެނގިވަޑައިގަންނަވާތީ ކަމަށެވެ. ސަރުކާރުގެ 14 ހަފުތާއަށް ކަނޑައެޅި ވައުދުތަކުގެ ގާތްގަނޑަކަށް 97 ޕަސެންޓް ފުއްދިފައިވުމަކީ އޭގެ ހެއްކެއް ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި މަޖިލީހުގެ ދައުރު އަދާކުރަންޖެހޭ ވައުދުތައް ހިމެނޭއިރު ވަރަށް ގިނަ ގާނޫނުތައް ހަދަން ބޭނުންވާ ކަމަށެވެ. އަދި ހާއްސަކޮށް ވެވަޑައިގެންނެވި ވައުދުތަކުގެ އެންމެ ބޮޑު ޕަސެންޓެއް ހިއްސާކުރަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދޭ ބަޖެޓުން ކަމަށްވެސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، މި އަހަރަށް ފާސްކުރި ބަޖެޓުގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުތައް ހިމެނުމަށް ފޮނުއްވި ކަމަށާއި ނަމަވެސް މަޖިލީހުން ބަޖެޓް ފާސްކުރީ ބައެއް މަޝްރޫއުތަކުގެ އަދަދުތައް ކުޑަކޮށް، ބައެއް މަޝްރޫއުތައް އުނިކުރުމަށްފަހު ކަމަށެވެ.
”އަޅުގަނޑަށް ފުރިހަމަ ޔަގީންކަން އެބަ އޮތޭ އިރާދަކުރެއްވީތީ އަޅުގަނޑުވީ ހުރިހާ ވައުދެއް މި ދައުރުގައި ފުއްދޭނެ އެހެން ނަމަވެސް ފުއްދުމަށްޓަކައި ބޭނުންވާ ކަންތައްތަކެއް އެބަހުރި. އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން. ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ނުލިބިއެއް މި ރާއްޖޭގައި މި ގާނޫނުއަސާސީގެ ތެރެއިން ރައްޔިތުންނަށް ކަންތައް ކޮށްދިނުމުގައި ސަރުކާރަށް ފުރިހަމަކަމާއެކު ކުރެވޭނެ ގޮތެއް ނޯވޭ. އެހެންވީމަ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން މުހިންމުވޭ،“ ރައީސް ވިދާޅުވި އެވެ.
ގުޅުންހުރި
ބްރޯޑްކޮމްއަށް 12 ބޭފުޅެއްގެ ނަން، ރައީސްގެ ލިސްޓުގެ ކުރީގައި މުހައްމާ އަދި
މެންބަރެއްގެ ގޮނޑި ގެއްލުވާލައިފި ނަމަ، އަލުން އިންތިހާބު ކުރަން އެމްޑީޕީން އެހީވަނީ
އެމްޑީޕީގެ ލީޑާޝިޕް ހައްޔަރުކޮށްފި ނަމަ ޕާޓީ ހިންގާނެ ބަޔަކު ކަނޑައަޅައިފި
ކުރިއަށް އޮތީ ނާމާން ބިރުވެރި ދުވަސްތަކެއް، ފިޔަވަޅުއަޅަންޖެހޭ: އިބޫ
2025 އަކީ ގެދޮރު އެޅުމުގެ އެންމެ ގިނަ މަޝްރޫއު އެއް އަހަރުތެރޭ
ޖާބިރުގެ ކާސާމިއާ ގެސްޓް ހައުސް، މަތިވެރި ރައްޔިތުންނަށް ލިބޭނެ ގޮތް ހަދައިދޭނަން: