އެ މަނިކުފާނަކީ ކަންކަން އޮޅުވާލައި، ދޮގު ހަދައިގެން ރައްޔިތުންނަށް ދެރަ ދެއްވާނެ ބޭފުޅެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ސިލްސިލާކޮށް ގެނެސްދޭ ”ރައީސްގެ ޖަވާބު“ ޕްރޮގްރާމުގައި މީހަކު ވަނީ ރައީސް އިތުރުފުޅު ހައްދަވާ ކަމަށް ބުނެ ދައްކަވާ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު ކެމްޕޭން ތެރޭގައި ދެއްކި ހުރިހާ ވާހަކަތަކެއް ފޮތެއްގައި ލިޔެފައި ހުންނާނެ ކަމަށާއި އޭގައި އޮޅުވާލެވޭނެ އެއްޗެއް ނޯންނާނެ ކަމަށެވެ.
އަދި އެކި ފޯރަމްތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކާއި މީޑިއާތަކަށް ދޭ ހުރިހާ ޖަވާބެއް ވެސް ލިޔުމުން ރެކޯޑުކުރެވެމުން އަންނަ ކަމަށާއި އެ ހުރިހާ ވާހަކައެއް ސާފުކޮށް ފެންނަން ހުންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
”މިވާ ގޮތަކީ އިދިކޮޅު ފަރާތްތަކަށް މި ސަރުކާރުން ކުރާ ކަންކަމަށް ދޭނެ ޖަވާބު ނެތީމައި އެ ބޭފުޅުން އަމިއްލަފުޅަށް އިތުރުފުޅު ހައްދަވަނީ. ވާހަކަ އުފައްދަވަނީ. ވާހަކަ އުފައްދަވަނީ، ވާހަކަ އުފަންކުރައްވަނީ،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު އެއްވެސް ކަމެއް ސިއްރު ނުކުރައްވާނެ ކަމަށާއި އެ މަނިކުފާނު ދައްކަވާ ވާހަކަފުޅެއް ވިއްޔާ ދައްކަވަނީ އިހުލާސްތެރި ކަމާއެކީގައި ހިތުގެ އަޑިން ކަމަށެވެ. އަދި ވާހަކަދައްކަވަނީ ލަޔާގަތާއި ގާބިލުކަން ތަންދިން އެންމެ ފުރިހަމައަށް ސަރުކާރުން އެކަންކަން ކުރުމުގެ ނިޔަތުގައި، އެ މަސައްކަތް އެގޮތަށް ކުރުމަށްޓަކައި ކަމަށްވެސް ވިދާޅުވި އެވެ.
”އަޅުގަނޑަކީ ކަމެއް އޮޅުވާލައި، ދޮގު ހަދައިގެން ރައްޔިތުންނަށް ކަންކަމުގައި ދެރަ ދޭނެ މީހެއް ނޫން. ރައްޔިތުންނަށް އިހުލާސްތެރިކަމާއެކީގައި ތެދުވެރިކަމާއެކީގައި އަމާނާތްތެރިކަމާއެކީގައި މަސައްކަތް ކުރަނީ މި،“ ރައީސް ވިދާޅުވި އެވެ.

ގުޅުންހުރި
އިޒްރޭލުގެ އަނިޔާވެރިކަން އަލުން ފެށުން: ޝަހީދުވި މީހުންގެ އަދަދު 400 އަށް،
ހުއްޓިފައި އޮންނަތާ 11 މަސް ފަހުން ރައީސްގެ ޖަވާބު ސިލްސިލާ އަލުން
ކުއްޖާގެ ކަރާމަތް ނަގާލީ ސާޖިދާ ކަމަށް ބުނެ އެމްޑީޕީން ފުލުހަށް މައްސަލަ
ސުޕްރީމް ކޯޓަށް އައްޔަންކުރަން ފަނޑިޔާރު ޝާހިދުގެ ނަން ކޮމިޓީން ފާސްކޮށްފި
ތޫނު އެއްޗަކުން ސޭޓަށް ބިރު ދައްކައި ސިނގިރޭޓްއާއި ފައިސާ ފޭރިއްޖެ
ސުޕްރީމް ކޯޓަށް އައްޔަންކުރަން ފަނޑިޔާރު ޝަހީދުގެ ނަން ދިރާސާކުރަން ކޮމިޓީ އަށް