ހުޅުމާލޭގެ ފޭސް ތިނަކުން 15 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
ހުޅުމާލޭ ފޭސް ތިނެއްގެ ގޮތުގައި ޖުމުލަ 63 ހެކްޓަރު ހިއްކަން ނިންމާފައިވާއިރު، ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ.
އެޗްޑީސީން ބުނި ގޮތުގައި، ފުރަތަމަ ބައިގޮތުގައި ހިއްކަން ކަނޑައެޅި 10 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ނިމިފަ އެވެ. އަދި ދެވަނަ ބައިގެ ވެސް 5 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، މިހާރު ކުރިއަށް ދަނީ ދެވަނަ ބައިގެ ނުނިމި އޮތްބައި ހިއްކުމުގެ މަސައްކަތް ކަމަށް ބުންޏެވެ.
އެ ސަރަހައްދުގެ ހިއްކުމުގެ މަސައްކަތް ކުރަމުންދާތީ އެ ސަރަހައްދުގައި އަޅާފައިވާ ދޯނިތައް ނަގައިދިނުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ. އަދި އެ ދޯނިތައް އެ ސަރަހައްދުން ބޭރުގައި އެޅުމުގެ ފުރުސަތު އުޅަނދުގެ ވެރިންނަށް ފަހިކޮށްދީފައިވާނެ ކަމަށްވެސް ބުންޏެވެ.


ގުޅުންހުރި
އެޗްޑީސީގެ ސީއެފްއޯ އާއި އިތުރު ވެރިއަކު ވަކިކޮށްފި
ފަޒުލްގެ ގެއިން ފެނުނު 1.4 މިލިއަން ރުފިޔާ އަނބުރާ ހަވާލުކޮށްފި
ބިންވެރިޔާ ސްކީމާ ގުޅިގެން ޕާސްޕޯޓް ހިފެހެއްޓި ނުވަ މީހެއްގެ ޕާސްޕޯޓް ދޫކޮށްލައިފި
ހުޅުމާލެ ފޭސް ތިނެއްގައި ބަނގުރާ ކައްކަން ތިބި ބަޔަކު ހައްޔަރުކޮށްފި
އެޗްޑީސީން ވަކިކުރި 15 މުވައްޒަފުންނަށް އަލުން ވަޒީފާ ދީފި
އެޗްޑީސީގެ ބޯޑު މެންބަރުންގެ ސަސްޕެންޝަން އުވާލައިފި