އޮކްޓޯބަރ 6, 2024

ހުވާ ކުރެއްވިތާ ހަތަރު މަސް ފަހުން ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގެންފި

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު، މަގާމުގެ ހުވާ ކުރެއްވިތާ ހަތަރު މަސް ފަހުން އެ މަނިކުފާނުގެ ރަސްމީ ގެކޮޅު ހިލާލީގެއަށް އިއްޔެ ބަދަލުވެވަޑައިގެންފިއެވެ.

ނައިބު ރައީސް ހުސެއިން މުހައްމަދު މަގާމުގެ ހުވާ ކުރެއްވީ މިދިޔަ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހުގައެވެ. އެފަހުން މިއަދާ ހަމަައަށް 140 އަށް ގިނަ ދުވަސް ވެފައިވާއިރު އެއީ ހަތަރު މަހަށްވުރެ ގިނަ ދުވަސްތަކެވެ.

ހިލާލީގެ ބައެއް މަރާމާތު މަސައްކަތް ނުނިމޭތީ ނައިބު ރައީސް މިހާ ދުވަސް ވަންދެން ދިރިއުޅުއްވީ ހުޅުމާލޭގައި ހުންނަ އެ މަނިކުފާނުގެ އެޕާޓްމެންޓުގައެވެ.

ހިލާލީގެ، ޗީފް އޮފް ސްޓާފް ނައިބު ރައީސަށް ޖާސޫސް ކުރާތީ، އެ މަނިކުފާޏު ހިލާލީގެއިން ނުކުމެވަޑައިގެން، އަމިއްލަ އެޕާޓުމެންޓަށް ބަދަލުވެވަޑައިގެންފައިވާކަމަށް ސޯޝަލް މީޑިއާގައި ވަނީ އަޑުތަކެއް ފެތުރިފައެވެ.

ނަމަވެސް ނައިބު ރައީސް ވިދާޅުވެފައިވަނީ އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި ރޯދަ މަހުގެ ފަހު ދިހަހެއްފެ ތެރޭގައި ހިލާލީގެއަށް ދިރިއުޅުން ބަދަލުކުރައްވާނެ ކަމަށެވެ.

 

Leave a Reply