ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ދެމެހެއްޓުމަކީ ލާމު އަތޮޅުގެ ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ބައްޕާފުޅު، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ ކެމްޕެއިން ބައްދަލުވުމުގައި ރޭ ވާހަކަ ދައްކަވަމުން ލާމަށް ނިސްބަތްވެވަޑައިގަންނަވާ ފައިސަލް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރާ އެކު ސަރުކާރުތަކުން ލާމު އަތޮޅާއި އެ އަތޮޅުގެ ރައްޔިތުން ބާކީކުރުން ނިމުމަކަށް އައިސް ރާއްޖޭގެ ސިޔާސީ ބާރުވެރިކަން ލާމު އަތޮޅަށް ފޯރާފައިވާ ކަމަށެވެ.
އެގޮތުން އޭނާ އާއި ރައީސްގެ ހާއްސަ މުޝީރުގެ އިތުރުން ފިނޭންސް މިނިސްޓަރަކީވެސް ލާމަށް ނިސްބަތްވާ ބޭފުޅުން ކަމަށް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ، ލާމަކީ ވަކި ބައެއްގެ ތަނެއްގެ ގޮތުގައި އޮތް އޮތުން މިދިޔަ ރިޔާސީ އިންތިހާބާ އެކު ނިމުމަކަށް އައިސްފައިވާ ކަމަށާއި ރައީސްގެ ވިސްނުންފުޅުގައި ލާމާމެދު އޮތީ ވަރަށް ހާއްސަ ތަސައްވުރެއް ކަމަށެވެ.
އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ލާމުގެ ހުރިހާ ގޮނޑިތަކެއް ސަރުކާރަށް ކާމިޔާބު ކޮށްދޭންޖެހޭ ކަމަށާއި ލާމު އަތޮޅަށް ޓޫރިޒަމް ގެނެވޭނީވެސް ހައުސިން ޔުނިޓް އެޅޭނީވެސް އަދި ދެންވެސް ބޭނުންވެފައި ހުރި ތަރައްގީގެ މަޝްރޫއުތައް ވެސް ގެންދެވޭނީ ލާމުގެ ހަތަރު ގޮނޑި ސަރުކާރަށް ލިބިގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.




ގުޅުންހުރި
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނެގުން ކުރިޔަށް ދަނީ
މަރުވި ދެ ގައިދީންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފި
ކާބޯތަކެތީގެ އަގު ބޮޑުނުވެ މިރޯދަމަހުވެސް ލިބޭނެ: ސަރުކާރު
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
ހުއިފިލަނޑާތަކުގެ މައްސަލައިގައި ފުލުހަކު ސަސްޕެންޑުކޮށްފި
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ