މި ސަރުކާރުން ކުރިއަށް ގެންދަން ނިންމި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނެކަން އެނގޭތީ، ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރީ އެ މަޝްރޫއުތައް އުނިކުރުމަށްފަހުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިމަހުގެ 21 ގައި ބާއްވާ މަޖިލިސް އިންތިހާބުގެ ކެމްޕޭނުގެ ޖަލްސާއެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރަށް އެއްބާރުން ނުދޭނެ މެމްބަރުންތަކެއް މަޖިލީހަށް ހޮވައިިފިނަމަ، ސަރުކާރަށް ފަހަތަށް ޖެހެން މަޖުބޫރުވާނެ ކަމަށެވެ. އެއިރު ރައްޔިތުން ބޭނުންވެގެން އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ނުފުއްދޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ބޭނުންވާ ފައިސާގެ އަދަދު ޖަހައިފައި، ޓްރާންޝިޝަން މުއްދަތުގައި މަޖިލީހަށް ފޮނުވާފައިވާނެ ކަމަށެވެ.
އެކަމަކު އެކަންކަން އަޅުގަނޑުމެން ކުރާނެކަން އެނގޭތީ އެ މަޖިލީހުން މިހާރު މިއޮތް މަޖިލީހުން ކިހިނެއްތޯ ހެއްދެވީ. އެ މަޝްރޫއުތައް ނުހިންގޭ ގޮތަށް ބަޖެޓް ފާސްކުރީ. އެކި މަޝްރޫއުތައް އުނިކޮށް އަނެއްބައި މަޝްރޫއުތައް ހިމެނީ އަހަރުގެ ފަހު ކުއާޓަރުގަ“ ރައީސް ވިދާޅުވިއެވެ.
މަޝްރޫއުތަކަށް ބޭނުންވާ ބަޖެޓް މަޖިލީހުން ފާސްނުކޮށްދީފިނަމަ، ސަރުކާރު އޮންނާނީ ތާށިވެފައިކަމަށް ރައީސް ވިދާޅުވިއެވެ. އެކަން އެގޮތަށް ވާކަށް ބޭނުންނުވާކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި
އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއެއް ފަށަނީ، ރައީސް ވިދާޅުވީ މިއީ ބިޔަ
ހަންޏާމީދުއަށް އުތުރު އަތަފަރު, ފަތުރުވެރިން ޕިކްނިކް ދާން އަލިކޮއި
އެއް ކުއްޖަކު ނުވަތަ ދެ ކުދިންނަށްވުރެ އިތުރަށް ދަރިން ނުހޯދުން ފެޝަނަކަށް
ފިރިހެނަކު ފިރިހެނަކަށް ވަނީ 65 އަހަރު ފުރުމުން: އިބްރާހިމް ހުސެއިން
އެއް ދުވަހު އިތުބާރު ނުކުރެވޭ ވެރިއަކަށް އަނެއް ދުވަހު އިތުބާރު ކުރެވިދާނެ,
ރައީސް އޮމަދުއަށް ވަޑައިގަތުމުގެ ކުރީން އެ ރަށުގެ ބައެއްގެ ގޮތުގައި ތިން