ޓޫނާ ޕެޓީސް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި
- 1 ދަޅު މަސް
- ½ ޖޯޑު ޕާން ކުނޑި
- ¼ ފިޔާ (ކުދިކޮށް ކޮށާފައި)
- ½ ޖޯޑު މަޔޮނައިސް
- 2 މޭޒުމަތީ ސަމުސާ ގިތެޔޮމިރުސް ސޯސް
- 1 ސައިސަމުސާ އިނގުރު (ގާނާފައި)
- ކުދި ބާގާ ބަނަސް
ސްލޯ ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި
½ ޖޯޑު ކެބެޖް (ކުދިކޮށް ކޮށާފައި)
- ½ ޖޯޑު ކެރެޓް (ކުދިކޮށް ކޮށާފައި)
- 1 ސްޕްރިންގް އަނިއަން (ކުދިކޮށް ކޮށާފައި)
- 2 މޭޒުމަތީ ސަމުސާ މަޔޮނައިސް
- 1 މޭޒުމަތީ ސަމުސާ ލުނބޯހުތް
- 1 ސައިސަމުސާ އިނގުރު (ގާނާފައި)
- 1 ސައިސަމުސާ ސޯޔާ ސޯސް
- 1 ލޮނުމެދު (ގާނާފައި)
ތައްޔާރުކުރާނެ ގޮތް
ކޮންޓެއިނަރެއްގައި މަސްދަޅު (ތެޔޮ ވަކިކުރުމަށްފަހު) ފިޔާ، ގިތެޔޮމިރުސް، އިނގުރު، ޕާންކުންޑި، މަޔޮނައިސް އަދި ގިތެޔޮމިރުސް ސޯސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އަދި މީގެން ކުދި މަސްފޮތިތަކެއް ތައްޔާރުކުރާށެވެ. ތަވައަކަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު މި މަސްފޮތިތައް ފިހެލާށެވެ.
އެހެން ކޮންޓެއިނަރެއްގައި ކެރެޓް، ކެބެޖް، ސްޕްރިންގް އަނިއަން، ލުނބޯހުތް، އިނގުރު، ލޮނުމެދު އަދި މަޔޮނައިސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
ބާގާ ތައްޔާރުކުރާ ގޮތަށް ބަނަސް ދެ ފަޅިކޮށްލުމަށްފަހު މީގެ މަތީގައި ތައްޔާރުކުރި މަސް ފޮއްޗެއް ބޭއްވުމަށްފަހު ކުރިން ތައްޔާރުކުރި ސްލޯ ކޮޅެއް މަސްފޮތީގެ މަތީގައި ބަހައްޓާލާށެވެ. ބޭނުންނަމަ މިއަށް ޗީޒްކޮޅެއްވެސް އިތުރުކުރެވިދާނެއެވެ.

ގުޅުންހުރި
މި ރޯދަ މަހުވެސް ޝަހީމް އިމާމުވެ ތަރާވީހު ނަމާދު ކުރައްވާނީ ހުޅުމާލޭ
ރޯދަމަހު ބޭނުންކުރި ކަރަންޓަށް ޑިސްކައުންޓް ދޭން ނިންމައިފި: ފަހުމީ
ހަފްތާ ބަދިގެ: ޕިއްޒާ ބޮކްސް ޕެޓީސް
ހަފްތާ ބަދިގެ: ޗޮކްލެޓް ޗިޕް ކުކީ ކޭކް
ހަފްތާ ބަދިގެ: މެންގޯ ޖެލީ މަހަލަބިއާ
ހަފްތާ ބަދިގެ: ސްޓްރޯބެރީ ޖެލީ ޕުޑިން