ރާއްޖެއަށްވެސް މާދަމާއަކީ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް މިރޭ ބޭއްވި ހާއްސަ ޖަލްސާއަށްފަހު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޮއިކުރައްވައި ނެރުއްވި ހަނދާ ބެހޭ ބަޔާނުގައި ވިދާޅުވެފައިވަނީ މިއަދު އިރުއޮއްސުނު ފަހުން ރާއްޖޭގެ އެއްވެސް ރަށަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށް ޝައްވާލު މަހުގެ ހަނދު ފެނުނުކަން ޝަރުއީ ގޮތުން ސާބިތުނުވާތީއާއި ފަލަކީ ގޮތުންވެސް ހަނދު ފެނުނުކަން ސާބިތުނުވާ ކަމަށެވެ.
އެހެންވެ މާދަމާއަކީ، ރޯދަ މަހުގެ ފަހު ދުވަސް ކަމަށާއި އަދި އަންނަ ބުދަ ދުވަހަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅާ ކަމަށް ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުގެ ފިތުރު އީދު ދުވަހުވެސް މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އޮންނާނެ އެވެ. ނަމަވެސް ރާއްޖޭގައި މީގެ ކުރީން އީދު ނަމާދު ކުރަމުން އަންނަ ގަޑި ކަމަށްވާ ހެނދުނު 7:30 ގެ ބަދަލުގައި މި އަހަރުގެ ފިތުރު އީދު ނަމާދުން ފެށިގެން ދެން އީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7 ޖަހާއިރު ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
މާލެ ސަރަހައްދުގެ ހަ ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އޮންނާނެ ކަމަށެވެ.
ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނެ ތަންތަން:
- މާފަންނު ސްޓޭޑިއަމް
- އިސްލާމީ މަރްކަޒު
- ކިންގް ސަލްމާން މިސްކިތް
- ވިލިމާލެ ފުޓްބޯޅަ ދަނޑު
- ހުޅުމާލެ ސިންތަޓިކް ޓްރެކް
- ހުޅުމާލެ ފޭސް ދޭއްގެ ކްރިކެޓް ސްޓޭޑިއަމް




ގުޅުންހުރި
ފާހަގަ ޖަހަންވީ ރަނގަޅު ނަމުގައި، ރަނގަޅު ނަމަކީ އާދަމް އާޒިމް: ވާވާ
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު
އެމްޑީޕީގެ މެމްބަރުން ހާލުގައި ޖައްސައި މަގުމަތިކޮށްފައި ދުވަހަކުވެސް ނުދާނަން: އާދަމް އާޒިމް
ސާފް ފުޓްސަލް މުބާރާތް: ފުރަތަމަ މެޗުގައި ރާއްޖެއަށް ބޮޑު މޮޅެއް
އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ 479 ފަސިންޖަރުންނާއެކު ރާއްޖެއަށް
ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް